ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދިނުމަށް ފަހު މިއަދު ދޫކޮށްލައިފި އެވެ.
ތިރީސް އަހަރު ދުވަހު ރާއްޖޭގައި ވެރިކަން ކުރެއްވި ކުރީގެ ރައީސް މައުމޫން ރޯލާގެ އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރީ މިދިޔަ ހޯމަ ދުވަހު އެވެ. އެމަނިކުފާނު ހޮސްޕިޓަލުގައި އެޑްމިޓް ކުރީ ރޯގާގެ އާލާސްކަންފުޅެއްގައި އުޅުއްވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ފަހުން ހޮސްޕިޓަލަށް ވަޑައިގަތުމުންނެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅު މިހާރު ރަނގަޅުވެ، ހޮސްޕިޓަލުން ގެއަށް ބަދަލުވެވަޑައިގެންފައިވާ ކަމަށެވެ.
އެމަނިކުފާނަށް ފަރުވާ ދެއްވަން މަސައްކަތް ކުރި އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެ ހޮސްޕިޓަލްގެ މެނޭޖްމަންޓަށް މައުމޫން ޝުކުރު އަދާކުރެއްވި އެވެ.
ރޯގާގެ އަލާސްކަންފުޅެއްގައި މިދިޔަ ހޯމަ ދުވަހު ރައީސް މައުމޫން އައިޖީއެމްއެޗްގައި އެޑްމިޓް ކުރެއްވިއިރު، މިދިޔަ އާދީއްތަ ދުވަހަކީ އެމަނިކުފާނުގެ 82 ވަނަ އުފަން ދުވަހެވެ.