ހަބަރު

ފުލުހުންގެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދިއްޖެ

މާލޭގައި ފުލުހުން ހަރަކާތްތެރި ވަނީ: އާ އަހަރާ ދިމާކޮށް ފުލުހުން ފެށި އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދިއްޖެ
25%
0%
75%

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނަށް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ބޭނުން ކުރަމުން ގެންދިޔަ ސްލޯގަންގެ ނަމާއި ދާދި ވައްތަރުކޮށް އަހަރު ނިންމުމާ ދިމާކޮށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނަށް ނަން ކިޔުމުން އެމްޑީޕީން ހިތްހަމަނުޖެހުން ފާޅުކޮށް އެ އޮޕަރޭޝަން ހުއްޓާލަން އެދިއްޖެ އެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރު ސޮއި ކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުއްވި ސިޓީއެއްގައި ވަނީ އެމްޑީޕީން ބޭނުން ކުރި "އެޖެންޑާ 19" އިގެ ސްލޯގަނާއި މި މަހުގެ 23 ވަނަ ދުވަހު ފުލުހުން ފަށާފައިވާ އޮޕަރޭޝަންގެ ނަމަކަށް ހަމަޖައްސާފައިވާ "ނިމޭ 19" އެއް ގޮތް ކަމެއް ހުރުމުން އެމްޑީޕީގެ ސްލޯގަނަށް އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަނަށް އެފަދަ ނަމެއް ހަމަޖެއްސުމުން ފުލުހުންގެ މުއައްސަސާ ވަރަށް ބޮޑަށް ސިޔާސީ ވެފައިވާ ކަމަށް ބައެއް ރައްޔިތުންނަށް ހީކުރެވޭނެ ކަމަށާއި އެ މުއައްސަސާއަށް ސިޔާސީ އަސަރު ނުކުރާނެ ގޮތަށް އަމަލުތައް ބަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ސިޓީގައި ބުނެފައިވެ އެވެ. އެ އޮޕަރޭޝަނަށް "ނިމޭ 19" ކިޔަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށާއި ފުލުހުންގެ އެ އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.

"އެ އޮޕަރޭޝަންގެ ނަން ބަދަލުކޮށް އެހެން ނަމެއްގައި އަލުން އޮޕަރޭޝަން ހިންގިޔަސް މި ޕާޓީގެ އެޖެންޑާ 19 ގެ ނަމަށާއި އެ އޮނިގަނޑުގެ ދަށުން ހިންގާނެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަށް އެ ކަމުގެ ސަބަބުން ނޭދެވޭ އަސަރު ކުރާނެތީ ފުލުހުންގެ އެ އޮޕަރޭޝަން ހިންގުން ހުއްޓާލަން މި ޕާޓީން އެދެމެވެ." އެމްޑީޕީގެ ސިޓީގައި ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ފުލުހުން ފެށި އެ އޮޕަރޭޝަނަކީ މާލެ ސަރަހައްދުގައި ކުށްކުރުން ފަހަކަށް އައިސް އިތުރުވުމާ ގުޅިގެން އަންނަ އަހަރަށް އެ ސަރަހައްދުގެ ރަށުތެރޭގެ ރައްކާތެރިކަން އިތުރު ކުރުމުގެ ގޮތުން ފެށި އޮޕަރޭޝަނެކެވެ. އަދި އާ އަހަރު ފާހަގަ ކުރަން އެކި ހަރަކާތްތައް ބާއްވަން ބައެއް މީހުން ފޭރެމުންދާ ކަމަށް ވެސް ފުލުހުން މިއަދު ބުނެފައިވެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އާދަނުކޮއި

އަނަސްމެން އަދި ޅަވާނެ ތިކަހަލަ ކަންތަކަށް، ދެން ގުނަންވެސް ވީ 18 ކިޔާފަ 20 ދޯ، ކިހާދެރަކަމެއް،

ލޮލްކޯލާ

ފުލުހުން ކޮންމެ ނަމެއް ކިޔަސް އެއީ ސިޔާސީ ޕާޓީތަކާއި ބެހޭކަމެއް ނޫން، އެބައެއްގެ މައިދާނުގައި ކަންކުރާނެ އެންމެ ހުނަރުވެރި ގޮތެއް އިނގޭނީ އެކަމުގެ ތަޖުރިބާ ހުރި ބަޔަކަށް.

އަރީ

އެމްޑީޕީގެ ނަޝީދު ހައްޔަރުކޮއް އެމްޑީޕީގެ ހަރަކާތްތަށް ނަޝީދު ހުރިހާދުވަހަކު ވަގުތީގޮތުން ހުއްޓާލަން ފުލުހުން ކޯޓްއަމުރަކަށް އެދިބަލަ... ތީކީ އެމްޑީޕީކަމެއްނޫން ތީ ނަޝީދުގެ ވަބާ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345