ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ޗުއްޓީއަށް ވަޑައިގެންފި

Dec 31, 2019

އާ އަހަރުގެ ބަންދާ ދިމާކޮށް ޗުއްޓީ ހޭދަ ކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ސްރީ ލަންކާއަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ކަމަށެވެ.

އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް ލަންކާއަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ. އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވެސް ރައީސް ވަނީ އަމިއްލަފުޅު ކަމެއްގައި ލަންކާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ފަަހަރު ރައީސް ވަޑައިގެންނެވީ އާއިލީ ބޭފުޅެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ.