ފަޒާގައިވާ އެތަކެެއް މޭލު ބާރު މިނުގައި ދަތުރުކުރާ ގިނިހިލަތަކުގެ ސާމްޕަލްތައް ނެގުމަކީ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ ގިނިހިލަތައް ކޮންމެފަދަ ވަގުތަކު ވެސް މިސްރާބު ބަދަލުކޮށްފާނެތީ އާއި ސާމްޕަން ނަގަން ފޮނުވާ ޖައްވީ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ނުވާތީ އެވެ. ޖައްވީ އުޅަނދުތަކަށް ގިނިހިލައިގެ ސަބަބުން ލިބޭ ގެއްލުންތައް ޓެކްނޮލޮޖީގެ އެހީގައި ވަނީ ކުޑަ ކުރެވިފަ އެވެ. އެކެމަކުވެސް ރައްކާތެރިކަމާ މެދު އަބަދުވެސް ކަންބޮޑުވުން އޮވެ އެވެ.
ގިނިހިލަތަކަކީ އުޅަނދަށް އޮންނަ ނުރައްކަލަކަށް ވުމުން ޖައްވީ އިދާރާތަކުން ގިނިހިލައިގެ ފޮޓޯތައް ނަގަނީ އެތައް ދުރު މިނެއްގައި ބާއްވާ ސެޓްލައިޓުތައް ބޭނުން ކޮށްގެންނެވެ. ގިނިހިލަ ދަތުރުކުރާ ސްޕީޑު ބާރުވުމުން ސެޓްލައިޓުތަކަށް ވެސް ގިނަ ފަހަރު ނެގެނީ ގިނިހިލައިގެ މަދު ފޮޓޯ އެކެވެ.
އެހެކަމުން ގިނިހިލަތަކުގެ ދިރާސާތައް ކުރުމަށް އުނދަގޫވެ އެވެ. ގިނިހިލައަކީ މިނަރަލްތަކުން މުއްސަނދިވެފައިވާ އެއްޗެކެވެ. ސައިންސްވެރިން ވަނީ އެފަދަ މިނަރަލްސް ބާވަތްތައް ހޯދަން ދިރާސާއެއްކޮށްފަ އެވެ.
އާންމު ގޮތެއްގައި ގިނިހިލައިން ސާމްޕަލް ނަގާފައިވަނީ ބެލްޓުން ވަކިވެގެން ވެއްޓިފައިވާ ގިނިހިލަތަކުންނެވެ. އަލަށް ކުރި ދިރާސާއަކުން ސައިންސްވެރިން ވަނީ ގިނިހިލައަކުން މީގެ ކުރިން ފެނިފައި ނުވާ ވައްތަރެއްގެ މިނަރަލްއެއް ހޯދާފަ އެވެ.
އަލަށް ހޯދާފައިވަނީ "އެޑްސްކޮޓީ" ނަމަކަށް ކިޔާ މިނަރަލް އެކެވެ. މިއީ ގިނިހިލައިގެ ހުންނަ ދަނގަޑުގެ ބާވަތް ފިނިވުމުގެ ސަބަބުން އުފެދޭ ފެނުގައި އެކުލެވޭ މިނަރަލް އެކެވެ. މިއީ މިނަރަލްގެ އާއިލާއަށް އަލަށް އިތުރުވި މިނަރަލް އެކެވެ. އެޑްސްކޮޓީއާ ވައްތަރު މިނަރަލް އެއް މީގެ ކުރިން ދުނިޔެއިން ވެސް އަދި ޖައްވުން ފެނިފައިނުވެ އެވެ. ސައިންސްވެރިން ވަނީ ދުނިޔޭގެ ހިލަތަކާއި ހަނދުން ގެނައި ބައެއް ހިލަތަށް ވެސް މި ދިރާސާއަށް ފަހު އަލުން ބަލާފަ އެވެ. އެއިން ވެސް ވަނީ ކޮންމެވެސް ވަރަކަށް އެޑްސްކޮޓީ ފެނިފަ އެެވެ.
ގިނިހިލައިން މިނަރަލް ހޯދުމުގެ ދިރާސާތައް އެންމެ ފުޅާކޮށް ކުރިއަށް ގެންދިޔައީ 2015 އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށެވެ. މިތިން އަހަރުގެ ދިރާސާ ރިޕޯޓް އެނަލައިޒް ކުރުމުގެ ތެރެއިން ސައިންސްވެރިންނަށް ވަނީ އާ ވައްތަރެއްގެ މިނަރަލެއް އިތުރު ދިރާސާތަކުން ފެނިދާނެ ކަމަށް އުއްމީދުކޮށްފަ އެވެ. ކަންވީވެސް އެގޮތަށެވެ.
ދިރާސާގައި ބައިވެރި ޓީމުން ވަނީ އެކިއެކި ގިނިހިލަތަކުން އެޑްސްކޮޓީގެ ހަ ލައްކަ ސާމްޕަލް ނަގާ ރައްކާ ކޮށްފަ އެވެ. މިއިން ބައެއް ސާމްޕަލްތަށް އިތުރު ދިރާސާއަށް ފޮނުވާފައިވާއިރު ސައިންސް މިއުޒިއަމެއްގައި ހަފްތާއަކަށް އެޑްސްކޮޓީ މިނަރަލް ދައްކަން ބަހައްޓާނެ އެެވެ. މިނަރަލް ބަލަން ބޭނުންވާ މީހުން އެކަމަށް ހާއްސަ ކޮށްގެން ތައްޔާރުކުރާ އައިނެއް އަޅާށެވެ.
ސައިންސްވެރިން ލަފާކުރާ ގޮތުގައި އެޑްސްކޮޓީ އުފެދެނީ ޖައްވުގެ ތެރެއިންނެވެ. އަދި ޖައްވުގެ ޓެމްޕަރޭޗާ ނުވަތަ މޫސުން ބަދަލުވާ ދުވަސްވަރުގައި ކަމަށް ވެސް އެ ސައިންސްވެރިން ބުނެ އެވެ.