ހަބަރު

އެމްއެންޑީއެފްގެ އެލާޓް އާންމު ހާލަތައް ބަދަލުކޮށްފި

އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ބަދަލުކޮށްފި އެވެ.

އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މަހު 24 އިން ފެށިގެން ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ހިންގަމުން ގެންދިޔަ އޮޕަރޭޝަން މިއަދު ހެނދުނު 6:00 ގައި ނިންމާލާފައިވާ ކަމަށެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް ދެއްވަމުން އެމްއެންޑީއެފްގެ މޭޖާ އާޒިމް އިބްރާހިމް ވިދާޅުވީ އެމްއެންޑީއެފްގެ އެލާޓް ސްޓޭޓަސް އާންމު ހާލަތައް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ސިފައިން ހިންގާފައި ވަނީ ވަރަށް ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

އެމްއެންޑީއެފް އިން އެލާޓް ސްޓޭޓަސް ނެރެފައި ވަނީ ހަރުކަށި ފިކުރުގެ ފަރާތްތަކާ ދެކޮޅަށް ފުލުހުން ވެސް އޮޕަރޭޝަންތައް ފަށާ އެކަމުގެ އަޑުތައް ގަދަވެފައި ވަނިކޮށެވެ. އަދި އެލާޓް ސްޓޭޓަސް ނެރުމަށް ފަހު ނޭޝަނަލް ކައުންޓާ ޓެރަރިޒަމް އިން ނެރުނު އެންގުމެއްގައި ބުނެފައި ވަނީ އެފަދަ ފަރާތްތަކުގެ މައުލޫމާތު ހޯދަން އާންމުންގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.