ކުޅިވަރު

ޔުނައިޓެޑް ބަލިކޮށް އާޓެޓާ ހިންދެމިލައިފި

މެންޗެސްޓާ ޔުނައިޓަޑްގެ މައްޗަށް 2-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި އާސެނަލްގެ ކޯޗުގެ ގޮތުގައި މިކަލް އާޓެޓާ ފުރަތަމަ މޮޅު ހޯދައި ހިންދެމިލައިފި އެވެ.

އާސެނަލްގެ ދެ ލަނޑުވެސް ކާމިޔާބު ކުރީ، އެ ޓީމުން ޑޮމިނޭޓްކޮށްގެން ކުޅުނު ފުރަތަމަ ހާފުގަ އެވެ. މެޗަށް ނުކުތް އިރު އާސެނަލް އޮތީ 13 ވަނައިގައި، ރެލިގޭޝަން ޒޯން އާ ފަސް ޕޮއިންޓް ކައިރީގަ އެވެ. އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ބަލި ވިނަމަ ޖެހިޖެހިގެން އަމިއްލަ ދަނޑުގައި ބަލިވުމުގެ ކުލަބުގެ ލަދުވެތި ރެކޯޑަކާ ރެކޯޑަކާ އާޓެޓާ އަށް އެއްވަރު ވީ ހެވެ.

ސަޕޯޓަރުންނަށް އާޓޭޓާ އިލްތިމާސް ކޮށްފައި ވަނީ ޓޭބަލްގައި ޓީމު އޮތް ހިސާބަށް ނުބެލުމަށެވެ. އޭނާ އެދުނީ ޓީމުގެ ޕާފޯމަންސް ސަޕޯޓަރުން ޖަޖުކޮށް ދިނުމެވެ. ފުރަތަމަ ހާފުގައި އެކަނިވެސް އާސެނަލްއަށް އިތުރު ގޯލްތަކެއް ޖެހުނީ ހެވެ. އެހެންނަމަވެސް މެޗު ނިމިގެން ދިޔައީ ނިކޮލަސް ޕެޕޭ އާއި ގްރީސްގެ ޑިފެންޑަރު ސޮކަރާޓިސް ޕަޕަސްތަޕޯލްސް ކާޟިޔާބު ކުރި ލަނޑުތަކުންނެވެ.

ޔުނައިޓަޑް މެޗަށް ނުކުތީ، ރަނގަޅު ފޯމެއްގައި އޮވެގެންނެވެ. ރޭ ގެ މެޗުވީ އެ ޓީމަށް ހަތަރު ވަނަ މަގާމާ ކައިރިވުމަށް ލިބުނު ރަނގަޅު ފުރުސަތެކެވެ. އެއީ އޭގެ ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން ހަތަރު ވަނައިގައި އޮތް ޗެލްސީ އާއި ބްރައިޓޮން ހޯވް އެލްބިއޯން ކުޅުނު މެޗު އެއްވަރު ވުމުންނެވެ.