ހަބަރު

މީހެއްގެ ގައިގައި ސައިކަލުން ޖައްސައި ފިލައިފި

ފުރުގާން މިސްކިތަށް ނަމާދަށް ދިޔަ މީހެއްގެ ގައިގާ ސައިކަލަކުން ޖައްސުމަށްފަހު، ސައިކަލް ދުއްވަން އިން މީހާ ފިލައިފި އެވެ.

ފުލުހުން ބުނީ މިރޭ 19:38 ހާއިރު ފުރުގާން މިސްކިތް ކައިރިން ކަފިހި ހުރަސްމަތިން މަގު ހުރަސް ކުރަން އުޅުނު 56 އަހަރުގެ މީހެއް ގައިގާ ސައިކަލުން ޖައްސައި އެކްސިޑެންޓް ކޮށްފައިވާ ކަމަށެވެ. އަދި އެކްސިޑެންޓްވުމުން ސައިކަލް ދުއްވަން އިން މީހާ އެ ސަރަހައްދުން ފިލާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

އެކްސިޑެންގައި އަނިޔާވި މީހާއަށް މިހާރު އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އެމީހާގެ ބޯ ފަޅާއިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ބުނީ އެކްސިޑެންވި ސައިކަލް ސީސީޓީވީ ކެމެރާ ބަލައިގެން ހޯދާ އެ ސައިކަލް ޓޯ ކޮށްފައިވާ ކަމަށާއި ނަމަވެސް ސައިކަލް ދުއްވި މީހާ އަދި ފެނިފައިނުވާ ކަމަށެވެ. ފުލުހުން ދަނީ ސައިކަލް ދުއްވި މީހާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.