ހަބަރު

މިދިޔަ އަހަރު 1003 ކަމަކަށް ލަފާ ދިނިން: އޭޖީ އޮފީސް

މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން ގާނޫނީ ލަފަޔަށް އެދި ފޮނުވާފައިވާ މައްސަލަތަކުގެ ތެރެއިން 1003 މައްސަލައަކަށް ލަފާދީފައިވާ ކަމަށް އެޓާނީ ޖެނަރަލް އޮފީހުން ބުނެފި އެވެ.

އޭޖީ އޮފީހުން މިއަދު އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި ދައުލަތުގެ އެކި މުއައްސަސާތަކުން ޖުމުލަ 1082 މައްސަލައެއްގައި ގާނޫނީ ލަފާ ހޯދުމަށް އެ އޮފީހުގައި އެދިފައިވެ އެވެ. އަދި އެ އޮފީހުން ލަފާދީފައި ވަނީ 1003 ކަމަކަށެވެ.

އޭގެ ތެރެއިން އެންމެ ގިނައިން ލަފަޔަށް އެދިފައި ވަނީ އެއްބަސްވުންތަކާ ގުޅޭ ގޮތުންނެވެ. އެގޮތުން އެފަދަ 354 ލަފައެއް ދީފައިވާއިރު ގަވައިދުތަކާ ގުޅޭ ގޮތުން 103 ލަފައެއް ދީފައިވެ އެވެ. އަދި އުސޫލުތަކާ ގުޅޭ 52 ލަފައެއް އެ އޮފީހުން ދީފައިވާއިރު ބިލު ތަސްދީގު ކުރުމާ ގުޅޭ 27 ލަފައަކާއި މުއާހަދާތަކާ ގުޅޭ 15 ލަފައެއް އޭޖީ އޮފީހުން ދީފައިވެ އެވެ. އަދި އެހެނިހެން މަައްސަލަތަކާ ގުޅޭ 452 މައްސަލައެއްގައި ދައުލަތުގެ މުއައްސަސާތަކަަށް ލަފާ ދީފައިވާ ކަމަށް ވެސް އެ ހިސާބުތަކުން ދައްކަ އެވެ.