ހަބަރު

އާ އަހަރުގެ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިޔަށް އެބަދޭ: ފުލުހުން

Jan 4, 2020
2
މާލޭގައި ފުލުހުން ހަރަކާތްތެރި ވަނީ: އާ އަހަރާ ދިމާކޮށް ފުލުހުން ފެށި އޮޕަރޭޝަން ހުއްޓާލަން އެމްޑީޕީން އެދިއްޖެ
0%
0%
0%

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގާ ބޮޑު އޮޕަރޭޝަން އަދިވެސް ކުރިޔަށްދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ކުރި ޓުވީޓެއްގައި ބުނީ "އޮޕަރޭޝަން ރިވެލި" އަދިވެސް ކުރިޔަށް ގެންދާ ކަމަށާއި އެއީ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ކަމަށެވެ. އެ އޮޕަރޭޝަނާ ބެހޭ އިތުރު ތަފްސީލެއް ނުދެ އެވެ.

އާ އަހަރާ ދިމާކޮށް ފުލުހުން ހިންގާ އޮޕަރޭޝަންގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެ އެވެ. އެގޮތުން އުޅަނދުތައް ހުއްޓުވާ ފާސް ކުރުމާއި މީހުން ބަލާ ފާސް ކުރެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމަށް ގިނަ މަސައްކަތްތަކެއްކޮށް ރާއްޖޭގެ އެކި ކަންކޮޅުގައި ފުލުހުން ހަރަކާތްތެރިވަމުންދެ އެވެ.

ފުލުހުން އެންމެ ފަހުން އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި އެ އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 65 މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި އައްޑޫ އިން 15 މީހުންނާއި މާލެއިން 19 މީހުން އަދި ފުވަމުލަކު 23 މީހުން ހިމެނެ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހާ ހަމަޔަށް ބަންދުގައި ހުރީ 19 މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ރުމާލު

ތީ މިސަރުކަޜުން ކުޅެ ބޮޑު ޑްރާމަާއެއް

ގާނިމް

ކޮންކަމެއް ތީގެން ވަނީ، ވަޅި ޖަހާ މީހުން ހަމަ ވަޅި ޖަހަނީ، ބޯ މިހުން ހަމަ ބޮނީ، ހަމައިން ނެއްޓޭމީހުން ހަމަ ހަމއިން ނެއްޓޭނީ

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345