ހަބަރު

އޮޕަރޭޝަން ނިންމާލައިފި، ހައްޔަރު ކުރީ 17 މީހުން: ފުލުހުން

Jan 6, 2020
2
ފުލުހުންގެ ތަރުޖަމާނުގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ: އާ އަހަރާ ގުޅުވައި ފުލުހުން ފެށި އޮޕަރޭޝަން ވަނީ ނިންމާލާފައި -- ފޮޓޯ: އަވަސް އާކައިވް
50%
0%
50%

އާ އަހަރަށް އަމާޒުކޮށް ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން މިދިޔަ ހޮނިހިރު ދުވަހު ނިންމާލާފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކޮށްފައި ވަނީ 17 މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ މަހު 22 އިން މިދިޔަ ހޮނިހިރު ދުވަހާ ހަމަޔަށް ކުރިޔަށް ގެންދިޔަ އެ އޮޕަރޭޝަންގެ ތަފާސްހިސާބުތަކުން ދަައްކާ ގޮތުން މުޅި އޮޕަރޭޝަންގައި 17 މީހުން ހައްޔަރު ކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި ވައްކަމުގެ 19 މައްސަލައަކާއި ފޭރުމުގެ ހަ މައްސަލައެއް ފުލުހަށް ހުށަހެޅި އެވެ.

އެގޮތުން ކުށުގެ ރެކޯޑު އޮންނަ 306 މީހަކު ހައްޓުވާ ސުވާލުކޮށް ފޮނުވާލާފައިވާ ކަމަށާއި ރެކޯޑު ނެތް 248 މީހަކާ ސުވާލު ކޮށްފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި ކުށުގެ ރެކޯޑު އޮތް 381 މީހަކު ބަލާ ފާސްކޮށްފައިވާއިރު ރެކޯޑެއް ނެތް 134 މީހަކު ފާސްކޮށްފައިވާ ކަމަށް ފުލުހުންގެ ހިސާބުތަކުން ދައްކަ އެވެ.

އިތުރުން 3281 އުޅަނދެއް ޗެކްކޮށްފައިވާ އިރު ގަވައިދާ ހިލާފުވެފައި ވަނީ 825 ފަރާތެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345