ހަބަރު

ނުރަސްމީ ދަތުރުފުޅަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގެންފި

Jan 5, 2020
1

ނުރަސްމީ ދަތުރުފުޅެއްގައި ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ މާލެ ވަޑައިގެންފި އެވެ.

ރައީސް ސޯލިހު ނުރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަތީ މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެވެ. ލަންކާގައި ރައީސް ސޯލިހު ވަނީ އާއިލާއާއެކު އެމަނިކުފާނުގެ އުފަންދުވަސްވެސް ފާހަގަ ކުރައްވާފަ އެވެ.

އާ އަހަރުގެ ބަންދާ ދިމާކޮށް ރައީސް ލަންކާއަށް ވަޑައިގެންނެވިއިރު، އެމަނިކުފާނުގެ އާއިލީ ބައެއް ބޭފުޅުން އެ ގައުމުގައި ދިރިއުޅުއްވަ އެވެ. އެ ގޮތުން މި އަހަރުގެ ޖެނުއަރީ މަހު ވެސް ރައީސް ވަނީ އަމިއްލަފުޅު ކަމެއްގައި ލަންކާއަށް ދަތުރުފުޅެއް ކުރައްވައިފަ އެވެ. އެ ފަަހަރު ރައީސް ވަޑައިގެންނެވީ އާއިލީ ބޭފުޅެއްގެ ކައިވެނީގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށެވެ.

ރައީސްގެ ނުރަސްމީ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ ރާއްޖެ ވަޑައިގެންފައިވާ އިރު، މާދަމާ އަކީ އާހަރު ފާހަގަ ކުރުމަށް ބަންދު ކުރުމަށްފަހު ސަރުކާރު ހުޅުވޭ ދުވަހެވެ.