ކުޅިވަރު

ޝާލްކޭގެ ކީޕަރު ނުބެލް ބަޔާންއަށް

މި ސީޒަނަށް ފަހު ހިލޭ ޓްރާާންސްފާއެއްގެ ދަށުން، ޝާލެކޭގެ ކީޕަރު އެލެގްޒެންޑާ ނުބެލް ބަޔާން މިޔުނިކަށް ބަދަލުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ބަޔާންގެ ވެބްސައިޓްގައި ބުނެފައި ވަނީ، ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުން ނުބެލް ބަޔާންއަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށެވެ. އެ އައްބަސްވުމަށް އަމަލު ކުރަން ފަށާނީ ޖުލައި އެކަކުން ފެށިގެން ކަމަށްވެސް ބަޔާނުން ބުނެފައި ވެއެވެ.

ޖަރުމަންގެ 21 އަހަރުން ދަށުގެ ގައުމީ ޓީމު ކުރީގެ ގޯލްކީޕަރު ޝާލްކޭއަށް ބަދަލުވީ 2015 ވަނަ އަހަރު ޕާޑާބޯން އިންނެވެ. ޝާލްކޭ އާއެކު އޭނާގެ އެއްބަސްވުން ޖޫން 30 ގެ ނިޔަލަށް ނިމެނޭނެ އެވެ. ޝާލްކޭއިން ވަނީ އޭނާ ލައްވައި އެއްބަސްވުން އާ ކުރުމަށް މީގެ ކުރިން މަސައްކަތް ކޮށްފަ އެވެ. އެހެންނަމަވެސް ކޮންޓްރެކްޓް އާ ކުރަން ނުބެލް ބޭނުމެއް ނުވެ އެވެ.

އެއްދުވަސްވަރެއްގައި ޖަރުމަންގެ މީޑިއާގައި ނުބެލްއަށް ނިސްބަތް ކޮށްފައި ވަނީ ދެ ވަނަ މެނައުލް ނޯޔާގެ ނަމުންނެވެ. ބަޔާން އިން ނުބެލް ގެންނަނީ ނޯޔާ ރިޓަޔާ ކުރަން ވާއިރަށް އޭނާގެ މަގާމު ފޫބެއްދުމަށެވެ. ނޯޔާ،33 ބަޔާންއަށްވެސް ބަދަލުވީ 2011 ވަނަ އަހަރު ޝާލްކޭއިންނެވެ.

ނުބެލް ބަޔާންއަށް ބަދަލުވާން އެއްބަސްވިރު، ޓޮޓެންހަމްއިންވެސް ވަނީ އޭނާގެ ސޮއި ހޯދުމަށް މަސައްކަތް ކޮށްފަ އެވެ.