ވިޔަފާރި

ވިޒިޓް މޯލްޑިވްސް ޝޯއަށް ފުރުސަތު ހުޅުވާލައިފި

"ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ" ގައި ބައިވެރިވާން ޝައުގުވެރިވާ ފަންނާނުންނަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަފާތު ޑެސްޓިނޭޝަންތައް އިޝްތިހާރުކޮށް، ދިވެހި ހުނަރުވެރި ފަންނާނުންގެ ހުނަރުތަކާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެ މިނިސްޓްރީން އިންތިޒާމު ކުރުމަށް ނިންމާފައިވާ "ވިޒިޓް މޯލްޑިވްސް ޑެސްޓިނޭޝަން ޝޯ" ގައި ބައިވެރިވާން ޝައުގުވެރިވާ ފަންނާނުންނަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ފަދަ ޝޯތައް ހޯސްޓްކުރަން ޝައުގުވެރިވާ ރަށްތަކަށްވެސް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

މިނިސްޓްރީން ބުނީ އެ ފުރުސަތު އޮންނާނީ މިއަދުން ފެށިގެން ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެސް ވަނީ ބުނެފައެވެ.