ސްރީލަންކާ

ލަންކާއިން ހަ ދިވެހިން ހައްޔަރުކޮށްފި

ލަންކާގެ މަގެއްގެ މަތީގައި ފުލުހުން ހަރަކާތްތެރި ވަނީ ---
0%
0%
100%

އަވައްޓެރި ސްރީލަންކާއިން ހަ ދިވެއްސަކު މިއަދު ހައްޔަރު ކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި ހަ ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

"އެމްބަސީގެ ކޮންސިއުލާ ސްޓާފުން މިވަގުތު ޕޮލިސް ސްޓޭޝަންގައި ދަނީ ހަރަކާތްތެރިވަމުން." ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވިއެވެ.

އެ މީހުން ހައްޔަރުުކުރި ސީދާ ސަބަބެއް އެ މިނިސްޓްރީން ހާމައެއް ނުކުރި އެވެ.

ނަމަވެސް އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި ލަންކާގެ ފުލުހުން މިއަދު ހަ ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓް ނެތި އެ ގައުމުގައި ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެންނެވެ.

މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން ވެސް ބައެއް ދިވެހިން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަމަލާގެ ކުރިން ލަންކާއަކީ ދިވެހިންނށް ދިރިއުޅެން ވަރަށް ފަސޭހަ ގައުމެކެވެ. ނަމަވެސް އެ ހަމަލާތަކަށްފަހު ގަވާއިދާ ހިލާފަށް އެ ގައުމުގައި އުޅެމުންދާ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަކީ ލަންކާއެވެ. އެ ގައުމުގައި 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، އެކި ބޭނުންތަކުގައި އަބަދުވެސް އެ ގައުމުގައި 5000 ދިވެހިން އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
January
SunMonTueWedThuFriSat
2930311234567891011121314151617181920212223242526272829303112345678