ހަބަރު

އަނެއްކާވެސް ކަނޑުމަތިން ދިވެއްސަކު ގެއްލިއްޖެ

Jan 6, 2020
6

ތިން މީހުނާއެކު ދަތުރު ކުރި މުދާ އުފުލާ ދޯންޏެއް ފަރަކަށް އުރި، އެ ދޯނީގެ ކެޕްޓަން ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ތިން މީހުންނާއެކު މުދާ އުފުލި ދޯންޏެއް އުރުނީ ކ. ކަގި ފަރަށް ކަމަށާއި މިއަދު ހެނދުނު 8:00 ޖެހި އިރު ހިނގި އެ ހާދިސާގައި އޭގައި ހުރި ދިވެހި މީހާ ގެއްލިގެން ހޯދަމުން ގެންދާ ކަމަށެވެ. އޭގައި ދެން ތިބީ ދެ ބިދޭސީންނެވެ.

އޭނާ ގެއްލުުނު އިރު ދަބަހާއި ފޯނު ދޯނީގައި އޮތެވެ.