އިންޑިޔާގެ ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީގެ ދަރިވަރުންނާއި ޓީޗަރުންނަށް ހަމަލާދީ 26 މީހަކު ޒަހަމްކޮށްލައިފި އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ޒަހަމްވީ މީހުންގެ އަދަދު 30 އަށް އަރަ އެވެ.
ނިއުދިއްލީގައި ދިން މި ހަމަލާތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ ހަމަލާދިނީ ބީޖޭޕީއާ ގުޅުން އޮންނަ ކަނާތު ފިޔައިގެ ކިޔަވާ ކުދިންގެ ޖަމާއަތަކަށެވެ.
ރޭ އިރާކޮޅު މި ހަމަލާތައް ދީފައި ވަނީ މޫނު ނިވާކޮށް ގަލާއި ލަޓިބުރި އާއި މަރުތެޔޮ ފަދަ އާލާތްތައް ބޭނުންކޮށް ޔުނިވަސިޓީ ކެމްޕަސް ތެރެއަށް ވަދެ އެވެ.
އަދި ގިނަ އިރުތަކަކަށް ދެމިގެންދިޔަ ހަމަލާތައް ދީފައި ވަނީ ދަރިވަރުން އަތުން ނަގާ ދަނާލު ފީ ބޮޑު ކުރުމާ ގުޅިގެން އެ މައްސަލައާ މެދު ވާހަކަ ދެއްކުމަަށް ޔުނިވާސިޓީގެ ޓީޗާސް އެސޯސިއޭޝަންގެ ބައްދަލުވުމެއް ބޭއްވުމާ ގުޅިގެންނެވެ.
ޖަވާހަރްލާލް ނެހްރޫ ޔުނިވަސިޓީއަކީ ދިވެހިން ވެސް ކިޔަވަންދާ ޔުނިވާސިޓީއެކެވެ.