ރިޔާސީ ބަޔާން

ރައީސް ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިނެއްގައި

ރައްޔިތުން މަޖިލިސް އާ އަހަރަށް ހުޅުވައި މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް އިބްރާހިމް މުހަައްމަދު ސޯލިހު ދެއްވާ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު ތިން ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ބާއްވަން ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު މިއަދު ވިދާޅުވީ އަންނަ މަހުގެ ތިން ވަނަ ދުވަހު ރައީސް ސޯލިހު މަޖިލީހަށް ވަޑައިގެން ރިޔާސީ ބަޔާން އިއްވާނެ ކަމަށެވެ. އަދި އެ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ނިންމާފައިވާ ކަމަށެވެ.

މިއީ ރައީސް ސޯލިހު ދެއްވާ ދެވަނަ ރިޔާސީ ބަޔާނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އާ ދައުރެއް ފަށަން ބާއްވާ ފުރަތަމަ ޖަލްސާ އެވެ. އެގޮތުން ސަރުކާރުން މުޅި އަހަރު ތެރޭގައި ކުރަން ނިންމާފައިވާ މުހިންމު މަސައްކަތްތަކަށް އަލިއަޅުވާލާނެ އެވެ.

މަޖިލިސް ހުޅުވުމުގެ ޖަލްސާ ރާއްޖޭގައި ކުރިއްސުރެ ބާއްވަމުން އައީ މަޖިލިސްކުރާ ގޭގައެވެ. އެ ކަން ބަދަލުކޮށް ޖަލްސާ ދަރުބާރުގޭގައި ބާއްވަން ފެށީ މިދިޔަ 2017 ވަނަ އަހަރު އެވެ. ނަމަވެސް މި އަހަރު ޖަލްސާ ބާއްވަނީ ކޮން ތަނެއްގައި ކަމެއް އަދި ބުނެފައެއް ނުވެއެވެ.