ހަބަރު

ފުނަދޫ ފުލުހުން ހަތަރު މީހަކު ހައްޔަރުކޮށްފި

ށ. ފުނަދޫގައި ގާއިމުވެ ތިބޭ ފުލުހުން ހިންގި ދެ އޮޕްރޭޝަނެއްގައި ބަނގުރަލާައި މަސްތުވާތަކެއްޗާއެކު ހަތަރު މީހަކު ހައްޔަރު ކޮށްފި އެވެ.

އެ ރަށުން ހައްޔަރު ކޮށްފައިވަނީ 18 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ފިރިހެނެކެވެ،. އެ އެންމެނަކީ ވެސް ދިވެހިންނެވެ،

މީގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށްފައި ވަނީ ށ. ޅައިމަގުގެ ފަސް ގެއެއް ބަލައިފާސް ކުރުމަށްފަހު، ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އަނެއް މީހާ ހައްޔަރު ކުރީ ދިރިއުޅޭ ގޭގެ ކޮޓަރިތެރެއިންނެވެ.