ކަނޑުމަތީގެ ހާދިސާ

އިންޖީނު ހުއްޓުނު ދޯންޏެއްގައި ތިބި 30 މީހުން ސަލާމަތްކޮށްފި

Jan 6, 2020

ގދ. ތިނަދޫން ފުރައިގެން 30 މީހުނާއެކު ދަތުރު ކުރި ދޯންނެއްގެ އިންޖީނު ހުއްޓިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން އެހީވެ ދީފި އެވެ.

އެމްއެންޑީއެފުން ބުނީ ތިނަދޫން އެ އަތޮޅު ގައްދޫއަށް ދަތުރު ކުރި ދޯންނެއް ގދ. ހައޮޑިގަލާ ކައިރިން އިންޖީން ހުއްޓުމުން އެ ދޯނީގައި ތިބި މީހުން ސީއެމްބިއުލެންސެއްގައި ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ދޯނީގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިއްބެވެ.