އީރާން

އެމެރިކާގެ އަސްކަރީ ބޭސްތަކަށް އިރާނުން ހަމަލާ ދީފި

އިރާގްގައި ހުންނަ އެމެރިކާގެ ވައިގެ އަސްކަރީ ބޭސްތަކަށް އިރާނުން ރޮކެޓް ހަމަލާތަކެއް ދީފި އެވެ.

އިރާންގެ ސަރުކާރުން ހިންގާ ޕްރެސް ޓީވީން ބުނީ އިރާގްގެ ހުޅަނގުގެ އަންބާރު ޕްރޮވިންސްގެ އައިން އަލް އަސަދުގައި ގާއިމު ކޮށްފައިވާ އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒުތަކަށް އިރާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ. އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއިން ވެސް ފަހުން ވަނީ އިރާންގެ ހަމަލާތަކެއް އަމާޒު ވެފައިވާ ކަމަށް ބުނެފަ އެވެ.

އޮގޮތުން އައިން އަލް އަސަދުގައި ހުންނަ އެމެރިކާގެ އަސްކަރީ ދެ ބޭސްއަކަށް އިރާނުން ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައި ކަމަށްވެސް ޕްރެސް ޓީވީން ބުނެ އެވެ.

މިއަދުގެ ހެނދުގެ ވަރަށް ކުރީކޮޅު ދިން މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފަ އެއް ނުވެ އެވެ.

އެމެރިކާ އާއި އިރާންގެ ދެމެދުގައި ހނގުރާމައެއްގެ ހުޅުގަނޑު ރޯވެފައި މިވަނީ، މިދިޔަ ހަފުތާގައި އެމެރިކާއިން އިން އިރާންގެ އެންމެ އިސް އަސްކަރީ ކޮމާންޑަރު ގާސިމް ސުލައިމާނީ އަވަހަރާކޮށްލުމުންނެވެ. އެމެރިކާގެ އަސްކަރިއްޔާއިން ސުލައިމާނޯ އަވަހާރަ ކޮށްލީ އިރާގްގެ ވެރިރަށް ގަބުދާދުގެ އެއާޕޯޓް ސަރަހައްދުން އޭނާ ހުންނެވި ކާރަށް ދިން ހަމަލާއެއްގަ އެވެ.