ހަބަރު

މަޑަވެލީ ގެއެއްގައި ރޯވެ ބޮޑު ބައެއް އަނދައިފި

ގދ. މަޑަވެލީގެ ގެއެއްގައި ރޯވެ ބޮޑު ބައެއް އަނދައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ މަޑަވެލީގައި އަލިފާން ރޯވީ އެ ރަށު "ނަރެސް" ގޭގައި ކަމަށެވެ. އެއީ މިއަދު ހެނދުނު 8:00 ޖަހާ އެހާކަންހާއިރުގައި ކަމަށެވެ.

އަދި ބުނީ ފަޔާމަނުން އެ ގެއާ ހަމައަށް ދިޔައިރު އެ ރަށު ރައްޔިތުން ނުކުމެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާނުގައި މީހަކަށް ގެއްލުނު ނުވި ނަމަވެސް ގޭގެ 80 ޕަސެންޓް އަނދައިގެން ގޮސްފައި ވެއެވެ.