ވިޔަފާރި

މިދިޔަ އަހަރު ރާއްޖެއިން 202 މިލިއަން ރުފިޔާގެ ޖެޓް ފިއުލް ވިއްކި

May 12, 2020

މިދިޔަ އަހަރު ރާއްޖޭން ރެކޯޑް އަދަދަކަށް ޖެޓް ފިއުލް ވިއްކި ކަމަށް، ހިސާބުތަކުން ދައްކައިފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ މިދިޔަ އަހަރުގެ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަަހަރު ރާއްޖޭގައި ފްލައިޓް މޫވްމެންޓްތައް ރެކޯޑް އަދަދަކަށް މަތިވެފައިވާތީޖެޓްފިއުލް ވިއްކި މިންވަރު ވެސް ވަނީ މަތިވެގެން ގޮސްފަ އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ރީ އެކްސްޕޯޓް 29 ޕަސެންޓް އިތުރުވުމުގައި ޖެޓް ފިއުލް ވިއްކި އަދަދު މަތިވުން ހިމެނެ އެވެ. ރާއްޖޭން މިދިޔަ އަހަރު 202.6 މިލިއަން ރުފިޔާގެ މުދާ ވަނީ ރީއެކްސްޕޯޓް ކޮށްފަ އެވެ. ރީއެކްސްޕޯޓަކީ އެތެރެކުރާ މުދަލަށް ބަދަލު ތަކެއް ގެނެސް، ނުވަތަ އަގު އިތުރު ކުރުމަށްފަހު އަލުން ބޭރު ކުރުމެވެ.

އެމްއެމްއޭގެ ރިޕޯޓުގައިވާ ގޮތުން ރާއްޖޭން ރީއެސްޕޯޓު ކުރާ ބާވަތްތަކުގެ ތެރޭގައި ތެލުގެ އިތުރުން ދަގަނޑު ފަދަ މައުދަންގެ ބާވަތްތަކެވެ. މި ބާވަތައް ވެސް މިދިޔަ އަހަރު ވަނީ ރާއްޖެ އިން ގިނަ އަދަދަކަށް ބޭރުކޮށްފަ އެވެ. މައުދަންގެ ގޮތުގައި ރާއްޖޭން ރީއެކްސްޕޯޓް ކުރަނީ އުކާލާ އެއާ ކޮންޝިޝަން އާއި ލޯނަރު ފަދަ ބާވަތްތަކެވެ.

ރާއްޖޭގެ އެކްސްޕޯޓުގެ 95 ޕަސެންޓް ބަރޯސާވެފައިވަނީ މަހާއި މަހުގެ އުފެއްދުންތައް އެކްސްޕޯޓް ކޮށްގެން ލިބޭ އާމްދަނީގެ މައްޗަށެވެ. މިދިޔަ އަހަރު ރާއްޖެ އިން 360.7 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފަ އެވެ. މީގެ ތެރޭގައި ހިމެނެނީ ރީ-އެކްސްޕޯޓު ކުރި 202.6 މިލިއަން ރުފިޔާގެ މުދަލާއި ރާއްޖެ އިން އެކްސްޕޯޓް ކުރި 158 މިލިއަން ރުފިޔާގެ މަހުގެ ބާވަތް ތަކެވެ.