ހަބަރު

ދަރިވަރުންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި

ދިރާސީ އާ އަހަރަށް މަރުހަބާ ވިދާޅުވެ ހުރިހާ ދަރިވަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

މިއަދު މުޅި ރާއްޖޭގެ ދިރާސީ އާ އަހަރު ފެށުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޓްވިޓާ މެދުވެރިކޮށް ވިދާޅުވީ ފެށުނު އާ އަހަރުގެ ތަހުނިޔާ ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް އަރިސް ކުރައްވާ ކަމަށެވެ. މިއަހަރަކީ އުފާވެރި އަހަރެއް ކަމުގަ އާއި އާ ގިނަ ކަންކަން ދަސްކުރެވޭނެ އަހަރެއް ކަމުގައި އުއްމީދު ކުރައްވާ ކަމަށެވެ.

"... އާ ރައްޓެހިން ލިބި، އެ ރައްޓެހިންނާ އެކީ އުމުރަށް ހަނދާން ހުންނާނެ ފަދަ އާ ތަޖުރިބާތަކެއް ހޯދަން އިލްތިމާސް ކުރަން. އަހަރެއް ކަމުގައި އުއްމީދު ކުރައްވަން،" އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުނ މިއަދު ފެށި ދިރާސީ އާ އަހަރަކީ އިލްމީ ގޮތުން ފުރިހަމަ އަލިގަދަ އަހަރެއް ކަމުގައި ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވެފައި ވެ އެވެ.

ދިރާސީ އާ އަހަރުގެ މިއަދު ފެށީ 212 ސްކޫލެއްގައި 83،000 އަށްވުރެ ގިނަ ދަރިވަރުންނާއެކު އެވެ. މީގެ ތެރެއިން 150 ސްކޫލެއްގައި ކިޔަވައި ދޭނީ އެއް ދަންފަޅިއަށެވެ.