ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ މައުލޫމާ ހޯދަން އައިކޮމްއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ތަގުރީރު ކުރައްވަން އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދު ތަފްސީލުތައް ނުދީގެ އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅައިފި އެވެ.

އައިކޮމްގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ސޯލިހު އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަން އާންމު ފަރާތަކުން އެދުމުން އެ ފަރާތަށް އެ މައުލޫމާތު ހިއްސާ ކޮށްފައިނުވާތީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ ދަތުރުފުޅުގެ ހަރަދުގެ ތަފްސީލު ހޯދަން އައިކޮމްއަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ އެ ކޮމިޝަނަށް ހުށަހަޅާފައި ވަނީ މި މަހުގެ އަށް ވަނަ ދުވަހު އެވެ.

ރައީސް އެމެރިކާއަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 އިން 30 އަށެވެ.