ހަބަރު

މާލޭ ރެސްޓޯރަންޓަކުން ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފި

Jan 12, 2020

މާލޭގެ ރެސްޓޯރަންޓެއްގައި ބަނގުރާ ބޮއެ، އޭގެ ވިޔަފާރި ކުރަން ތިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 8:50 ހާއިރު މާލޭގެ ރެސްޓޯރަންޓެއްގެ ތެރޭގައި ތިން މީހަކު ބަނގުރާ ބޭނުންކޮށް ވިޔަފާރި ކުރަމުންދާ ކަމުގެ މައުލޫމާތު ލިބުން ކަމަށާއި އެތަނަށް ގޮސް އެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން ގެންގުޅުނު ދަބަސް ބަލައި ފާސްކުރި އިރު ގިނަ އަދަދެއްގެ ބަންގުރާ ފުޅިތަކެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 34 އާއި 50 އަހަރުގެ ދެ ދިވެހިންނާއި 38 އަހަރުގެ ސްރީލަންކާ ފިރިހެނެއް ކަމަށް ފުލުހުން ބުންނެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.