ދިވެހި ފުލުހުންގެ ހިދުމަތުން ޑުރަގްގެ ބޮޑު އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މި އޮޕަރޭޝަން ހިންގަނީ ސޯޝަލް މަގުގަ އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން ދެންމެ ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ސޯޝަން މަގުގައި ހިންގަމުންދާ ކަމަށެވެ.
އިތުރު ތަފްސީލެއް ނުދީ ބުނީ އޮޕަރޭޝަންގެ މަައުލޫމާތު ހާމަކުރާނީ ފަހުން ކަމަށެވެ.
ސޯޝަން މަގުގައި ހިންގަމުން އޮޕަރޭޝަންގައި ފުލުހުން ވަނީ ޕިކަޕެއް ހުއްޓުވާ ގިނަ އަދަދެއްގެ ސާމާނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެ ތަކެތި އަތުލައިގަތުމަށް ފަހު މަގުމަތީ އަތުރައިގެން އެ ސަރަހައްދު ބަަންދުކޮށް ގެން ފުލުހުން ވަނީ ހަރަކާތްތެރިވެފައެވެ.