ކުޅިވަރު

ގައުމީ މުބާރާތްވެސް ޑީއެސްސީއަށް

އެންމެ ފަހުގެ ޗެމްޕިއަން ޕޮލިސް ކުލަބުގެ މައްޗަށް 3-2 ސެޓުން ފައިނަލުގައި ކާމިޔާބު ހޯދައި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ދިވެހި ސިފައިންގެ ކުލަބު (ޑީސެސީ) އިން ހޯދައިފި އެވެ.

ގައުމީ މުބާރާތުގެ ކުރިން، ބޭއްވި ގައުމީ ލީގްގެ ޗެމްޕިއަންނުންނަކީ ވެސް ޑީއެސްސީ އެވެ. އެ މުބާރާތުގެ ވެސް ރަނަރަފް ޓީމަކީ ޕޮލިސް ކުލަބެވެ. ރޭ ކުޅުނު ފައިނަލު މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކާމިޔާބު ކުރީ 12 ޕޮއިންޓްގެ ބޮޑު ލީޑަކުންނެވެ. އެ ސެޓް ކާމިޔާބު ކުރީ 25-13 އިންނެވެ. ދެ ވަނަ ސެޓް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ބޮޑު ލީޑެއް ނެގޭ ގޮތެއް ނުވި އެވެ. ޕޮއިންޓްގެ ގޮތުން ވެސް ގާތްގާތުގައި ދިޔަ ސެޓް ޑީއެސްސީން ކާމިޔާބު ހޯދީ 28-27 ންނެވެ.

ތިން ވަނަ ސެޓްގައި ޑީއެސްސީގެ ކުޅެމުން ދިޔައީ އިތުބާރާއެކު އެ ސެޓް ފެށިގެން އެ ޓީމުން ލީޑް ކުރަމުން ދިޔަ އެވެ. ސެޓް އެ ޓީމުން ކާމިޔާބު ކުރީ 25-22 ންނެވެ. ހަތަރު ވަނަ ސެޓް ދިޔަ ގޮތުން އިތުރަށް ފޯރި ގަދަވި އެވެ. ސެޓްގެ ކުރީ ކޮޅު ޑީއެސްސީން ލީޑް ގައި ހިފެހެއްޓި ނަމަވެސް، ޕޮލިސް ކުލަބުން ކުޅުން ރަނގަޅުކޮށް އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލި އެވެ. އެ ސެޓް ޕޮލިސް ކުލަބުން ކާމިޔާބު ކުރީ 25-22 ންނެވެ.

ނަތީޖާ ނެރުމަށް ފަސް ވަނަ ސެޓަކަށް ގޮސް ކުޅުނު ސެޓްގައި، ނަތީޖާ ދިޔައީ ވަރަށް ވާދަވެރި ކޮށެވެ. ސެޓް 13-13 އިން އެއްވަރުވެ އިތުރަށް ފޯރިގަދަ ވި އެވެ. އެހެންނަވެސް ޑީއެސްސީން އިތުރު ދެ ޕއޮިންޓް ހޯދައި 15-14 އިން މެޗު ކާމިޔާބު ކުރި އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ ކެޕްޓަން އަހްމަދު އަބްދުލް ކަރީމް (ލޯންގޭ) އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޑީއެސްސީގެ އާދަމް ނަސީމް (އެޑަމް) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކީ މުބައްޝަރު ރަޒާ އެވެ.