ލަވަކިޔަން ފެށީއްސުރެ މިއަދާ ހަމައަށް ދިހަ ގްރެމީ އެވޯޑް އާއި އެއްކޮށް މުޅި ޖުމްލަ 86 އެވޯޑު ހޯދާފައިވާ އެޑެލް އޭނާގެ ތިން ވަނަ އަލްބަމް މި އަހަރުގެ ނޮވެމްބަރު މަހު ނެރެން ނިންމައިފި އެވެ.
ލޯބިވެރިޔާ ސަައިމަން ކޮނެކީ އާއި އެއްކޮށް ދަރިއެއް ހޯދާ ދިގު މުއްދަތަކަށް މަސައްކަތުން ދުރަށް ގޮސް އަނެއްކާވެސް އެޑެލް އެނބުރި މި އަންނަނީ ހަތަރު އަހަރު ފަހުންނެެވެ. އެންމެ ފަހުން އޭނާ ނެރުނު "21" ނަމަކަށް ކިޔާ އަލްބަމް ނެރުނީ 2011 ވަނަ އަހަރުގައެވެ. އެ އަލްބަމަށް އެކަނި 6 އެވޯޑް ލިބިފައިވާ އިރު 11 މިލިޔަން ކޮޕީ ވިކިފަައިވެއެވެ. އޭގެފަހުން 2013 ވަނައަހަރު "ސްކައިފޯލް" ފިލްމަށް "ސްކައިފޯލް" ލަވަ ރިކޯޑްކޮށް އެއަށް ވެސް އެތަކެއް އެވޯޑް ލިބިފައިވާތީ ނެރެން އުޅޭ އަލްބަމަކީ ވެސް އެހާ ކާމިޔާބުވާނެ އަލްބަމެއް ކަމުގައި އެއްވެސް ޝައްކެއް ނެތެވެ.
މަޝްހޫރު ލަވަކިޔުންތެރިޔާ އެޑް ޝިރަން ބުނެފައިވާ ގޮތުގައި އޭނާއަށް އަދި އެއަލްބަމްގެ ލަވައެއް އަޑުއިވިފައިވާ ނުވި ކަމުގައިވީ ނަމަވެސް އޭނާ އާއި އެއްކޮށް މަސައްކަތްް ކުރާ ވަރަށް ގިނަ މީހުންނަށް އޭގެ ލަވަތަކެއް އަޑު އިވި އެވަރުގެ އެއްޗެއް އަދި ނެތް ކަމުގައި ބުނެފައިވެއެވެ.
ނޮވެމްބަރުގައި ނެރެން ހަމަޖެހިފައިވާ މި އަލްބަމްގައި އެޑެލްއަށް އެންމެ ގާތުން އެހީވަމުން ދަނީ "ވަން ރިޕަބްލިކް" ގެ ރާޔަން ޓެޑާ އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު އެޑެލް ނެރުނު އެންމެ "ހިޓް" އެއް ލަވަ ކަމުގައިވާ "ރޫމާ ހޭޒް އިޓް" ޕްރޮޑިއުސްކޮށް ލިޔަން އެހީވެދީފައެވެ.