ހަބަރު

ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި

Jan 15, 2020

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި ކުޑަކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި އެވެ.

އެނގިފައިވާ ގޮތުގައި ބުރުގާ ޕިންއެއް ނަގާފައި ވަނީ އުމުރުން 15 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިންނެވެ. އެ އޮޕަރޭޝަން ކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.

މީގެ ކުރިން ވެސް ކުޑަ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގަން އެ ހޮސްޕިޓަލުގައި އޮޕަރޭޝަނެއް ކޮށްފައިވާ އިރު އެހެން ކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް ވެސް ވަނީ ނަގައިފަ އެވެ.