ސްޓެލްކޯ

ސްޓެލްކޯއިން ލެޑް ލައިޓް ބަހަނީ

Jan 16, 2020

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން އަންނަ ހޮނިހިރު ދުވަހު ލެޑް ލައިޓް ބަހަން ހަރަކާތެއް ހިންގާނެ އެވެ.

ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހޮނިހިރު ދުވަހުގެ ހަވީރު މާލެ އާއި ހުޅުމާލޭގައި ކުންފުނީގެ ޕްރޮމޯޝަނަލް އިވެންޓެއް ކުރިޔަށް ގެންދާއިރު އެތަނަށް ދާ ކޮންމެ މީހަކަށް ހަތަރު ލެޑް ލައިޓް ދޭނެ ކަމަށެވެ.

ސްޓެލްކޯއިން ބަހާ ލެޑްލައިޑް ތަކަކީ އެނާޖީ މިނިސްޓްރީން ބަހަން ހަވާލު ކޮށްފައިވާ ލައިޓް ތަކެކެވެ. އައިޑީ ކާޑު ހިފައިގެން ދިއުމުން ކޮންމެ މީހަކަށް ވެސް ހަތަރު ލައިޓް ދޭނެ އެވެ.

"ކޮންމެ އައިޑީ ކާޑަކަށް ހަތަރު ލައިޓް ދޫކުރާނީ. އަޅުގަނޑުމެން އެދެނީ ބޮކި ހޯދަން ރީޔޫސަބަލް ބޭގެއް ހިފައިގެން އައުމަށް" ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސްޓެލްކޯ އިން މި ހަރަކާތް ކުރި އަށް ދާއިރު، އެ ކުންފުނީގެ ހިދުމަތް ތަކަށް ތައާރަފު ކޮށްފައިވާ މޮބައިލް އެޕް ޕްރޮމޯޓް ކުރުން ވެސް ކުރިޔަށް ގެންދާނެ އެވެ.