ހިމަބިހި ފެތުރުން

ހިމަބިހީގެ އިތުރު ކޭސްއެއް ނުފެނޭ: މިނިސްޓަރު

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން -- ސަލްވީން | އަވަސް
0%
0%
0%

މިހާތަނަށް ހެދި ޓެސްޓުތަކުން މި ދެ ދުވަހުގެ ތެރޭގައި އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހިމަބިހީގެ ހާލަތާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައެވެ. މިނިސްޓަރު ވިދާޅުވީ މިދިޔަ 48 ގަޑިއިރުގެ ތެރޭގައިވެސް ބައެއް މީހުން ހިމަބިއްސަށް ޓެސްޓް ކުރެވުނު ކަމަށާ ނަމަވެސް އެއްވެސް މީހަކު ހިމަބިއްސަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ.

ނަމަވެސް މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހިމަބިހި ފެތުރުން ހުއްޓުވަން ކުރަމުންދާ މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމަށެވެ. އަދި ވެކްސިން ހުސްނުވެ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށާ ވެކްސިން ނުޖަހާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަމީން ވިދާޅުވީ ވެކްސިން ނުޖަހާ ތިިބި މީހުންގެ ތެރެއިން 18 އަހަރުން ދަށުގެ ކުދިންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި މި ހަފްތާ ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ތިބި ވެކްސިން ނުޖަހާ ކުދިންގެ މައުލޫމާތު ލިބޭނެ ކަމަށެވެ.

އާދިއްތަ ދުވަހު އެ މައުލޫމާތުތައް ހާމަ ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ދަފްތަރު އެކުލަވައިލުމުގެ މަސައްކަތާއެކު ވެކްސިން ދިނުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ހިމަބިހި ފެނުނު ސަރަހައްދަށް އިސްކަން ދީގެން މިދިޔަ ދެތިން ދުވަހު ގިނަ ބަޔަކަށް ވެކްސިން ދީފައިވާ ކަމަށެވެ.

ހިމަބިއްސަށް ޝައްކުވެ އެންމެ ފުރަތަމަ ޓެސްޓު ކޮށް ޕޮޒިޓިވް ވީ ތިން އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެއަށްފަހު 30 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިން ވެސް އެ ބަލި ފެނިފައިވެ އެވެ. އަދި އޭގެ ފަހުންވެސް އިތުރު މީހަކު އެ ބައްޔަށް ޕޮޒިޓިވްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910