ޖިންސީ ގޯނާ

މައްސަލަ ހުށަހެޅީ ބުދަ ދުވަހު، މީހަކު ހައްޔަރެއް ނުކުރޭ

ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް، އުމުރުން ދުވަސްވީ މީހަކު ޖިންސީ ގޯނާކުރި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ދެ އަަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަ ހުށައެޅިފައިވަނީ ބުދަ ދުވަހު ކަމަށެވެ. މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަަށާއި ނަމަވެސް އެ މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ކަމަށެވެ.

ކުޑަކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވާކަން ފަޅާ އެރީ އެ ކުއްޖާ އެ ވާހަކަ އޭނާގެ ބޮޑުދައިތަ ކައިިރީގައި ބުނުމުންނެވެ. އެ ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަަމަށް އެ ރަށުގެ ސިއްހީ މަރުކަޒުގެ ޑޮކްޓަރާ ހަވާލާދީ އާއިލާގެ މެންބަރަކު ވަނީ ބުނެފައެވެ.

"ކުއްޖާގެ މަންމަ ރަށުގައި ނެތީސް މިކަމެއް ހިނގީ. އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން އެނގުނީ ތަދުވާ ވަރުން އެ ކުއްޖާ އޭނާގެ ބޮޑުދައިތައެއް ކައިރީގައި އެ ވާހަކަ ބުނުމުން. ދެން ސިއްހީ މަރުކަޒަށް ގެންގޮސް ދެއްކުމުން އެނގުނީ އެ ކުއްޖާފުޅަށް ވަރަށް ބޮޑަށް ޖިންސީ ގޯނާކޮށްފައިވާކަން. މިހާރު ކުއްޖާވީ މާލޭގައި." އެ ކުއްޖާ ނިސްބަތްވާ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ.

ކުޑަކުއްޖާއަށް ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށުން އައިޖީއެމް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ.

އަންހެން ކުއްޖާއަށް ޖިންސީ ފުރައްސާރަކުރި ތިން މީހުންގެ ފޮޓޯވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެތައް ބަޔަކު ދަނީ އެމީހުންނަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.