އުމުރުން ދެ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާއަށް ދެ ފިރިހެނަކު ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އެގޮތުން 62 އަހަރުގެ ފިރިހެނަކާއި 82 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަވަސްއާއި ވާހަކަދެއްކި އެ ރަށުގެ ބައެއް މީހުން ބުނީ ކުޑަ ކުއްޖާއަށް ޖިންސީ ގޯނާ ކުރުމުގައި އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި އެކަން ކުއްޖާގެ ވާހަކަތަކުން އެނގޭ ކަމަށެވެ.
އެ މީހުން ހައްޔަރުކޮށްގެން ގެންދާ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު އާންމުވެފައިވާ އިރު ބެލެވޭ ގޮތުން ފުލުހުން މިއަަދު ހައްޔަރު ކުރީ އެ ތުއްތު ކުއްޖާގެ ކާފައާއި މުނިކާފަ އެވެ.
ދެ އަހަރުގެ ތުއްތު ކުއްޖާއަށް ޖިންސީ ގޮތުން ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިވަގުތު އެ ކުއްޖާއަށް ޖެންޑާާ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރިއިރު އެ ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.