އުމުރުން ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލާގައި މިއަދު ހަވީރު މާލޭގައި ބޭއްވި ހިމޭން އިހުތިޖާޖު ކުރި ސަރަހައްދަށް ޖެންޑާ މިނިިސްޓަރު ޝިދާތާ ޝަރީފް ވަޑައިގަތުމުން އަޑުގަދަކޮށް އިސްތިއުފާއަށް ގޮވާލައިފި އެވެ.
ދެކުނު ރަށެއްގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފެންމަތިވުމާ ގުޅިގެން ޖެންޑާ މިނިސްޓްރި ކުރިމަތީ މިއަދު ހަވީރު ބޭއްވި ހިމޭން އިހުތިޖާޖުގެ ބައިވެރިންނާ ވާހަކަ ދައްކަވަން ޝިދާތާ ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. ނަމަވެސް ޝިދާތާ ވަޑައިގަތުމާއެކު މުޒާހަރާގެ ބައެއް ބައިވެރިން ވަނީ އޭނާ މަގާމްގެ މައްސޫލިއްޔަތު އަދާ ނުކުރެވޭ ކަމަށާއި ވަގުތުން އިސްތިއުފާ ދެއްވުމަށް ގޮވާލައިފަ އެވެ.
އިސްތިއުފާއަށް ގޮވާލާ ކަރުދާސްތައް ހިފައިގެން ތިބި މުޒާހަރާގެ ބައިވެރިން ޝިދާތާއަށް ފާޑު ކިޔަމުން އިހުތިޖާޖު ކުރިޔަށް ގެންދިޔަ ނަމަވެސް ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އޭނާ އިސްތިއުފާ ދޭން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުން ދިޔަ ނަަމަވެސް ޝިދާތާ ވަނީ ހިންގަވާފައި މުޒާހަރާގެ ބައިވެރިންނާއެކު ވަޑައިގެންފައެވެ. އޭރު ވެސް އެކަމަނާގެ ފަހަތުން އައި މުޒާހަރާގެ ބައެއް ބައިވެރިން ދިޔައީ މިނިސްޓަރުގެ އިސްތިއުފާއަށް ގޮވަމުންނެވެ.