މުޒާހަރާ

ޖިންސީ ގޯނާއާ ދެކޮޅަށް މިއަދު އެއްވަނީ

ޖިންސީ ގޯނާއާ ދެކޮޅަށް ޖެންޑާ މިނިސްޓްރީ ކުރިމަތީ އިއްޔެ ބޭއްވި އެއްވުން: މިއަދު ވެސް އެއްވުމެއް ބާއްވަނީ -- ސަލްވީން އަބްދުލް ހަމީދު | އަވަސް
0%
0%
100%

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އޭނާގެ ބައްޕަ އާއި ކާފަ އާއި މުނި ކާފަ، ންސީ ގޯނާ ކުރި ކަމަށް ތުހުމަތުވި މައްސަލައާ ގުޅިގެން މިއަދު ވެސް އިހުތިޖާޖެއް ކުރަން މާލޭގައި އެއްވުމެއް ބާއްވަން ނިންމައިފި އެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް އިހުތިޖާޖު ކުރުމަށް އެއްވުމެއް ބާއްވަން ނިންމާފައި ވަނީ މިއަދު ހަވީރު 4:00 ޖަހާއިރު މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގަ އެވެ. މިއަދު ބާއްވާ އިހްތިޖާޖު އިންތިޒާމު ކުރަނީ ސިޔާސީ ވަކި ފަރާތަކަށް ނުޖެހޭ ގޮތަށް އާންމުންގެ ބައެކެވެ.

ޖެންޑާ މިނިސްޓްރީ ކުރިމަތީގައި އިއްޔެ ވެސް ވަނީ ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުމެއް ބާއްވަފަ އެވެ. ޖިންސީ ގޯނާއާ ދެކޮޅު ޝުއޫރުތައް ހިމެނޭ ޕޯސްޓަރުތަކާއެކު އިހްތިޖާޖު ކުރި މީހުން އެ ތަނުގައި ތިއްބައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އަދި އިހްތިޖާޖްގައި ތިބި މީހުން ވަނީ މިނިސްޓަރުގެ އިސްތިއުފާއަށް ވެސް ގޮވާފަ އެވެ.

ކަނޑުހުޅުދޫ ކުއްޖާގެ މައްސަލާގައި ހިމެނޭ ބައްޕަ އިއްޔެ ހުޅުމާލެ ފްލެޓެއް ތެރޭ ހުއްޓާ އާންމުންގެ ތެރެއިން ގިނަ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެ މުޒާހަރާ ކޮށްފަ އެވެ. އަދި އެ މުޒާހަރާ ހިނގަމުން ދަނިކޮށް ފުލުހުން ވަނީ އެ ފްލެޓަށް ގޮސް އެމީހާ ހައްޔަރުކޮށްފަ އެވެ. އެ ސަރަހައްދު ރޭ ވެސް ހަލަބޮލިވި އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ފެކްޓް

ކަމުގެ އަޞްލަށް ރުޖޫޢަ ނުވެ އެންމެން ތެޅިފޮޅި ނޭވާ ނުލެވިގެން މި އުޅެނީ ކީއްވެތޯ؟ ﷲ ތަޢާލާ ކަމެއް މަނާ ކުރައްވާނީ އެކަމުގެ ގެއްލުމާ ޙަލާކާ ފަސާދަ ބޮޑުވާނެތީ އެހެން ނޫންތޯ؟ އަންހެން ކުރު ސޯޓާ ބޮކްސާ ތުރުކުރައްވައިގެން ހުރިހާ އެއްޗެއް ސޭލް އަޅުވައިގެން ޓިކްޓޮކް ގޮއްވަމުން އުޅޭ މުޖުތަމަޢެއްގަ ފިރިހެންގެ ޖިންސީ އެދުންވެރިކަން ހުންނާނީ ކްރޭޒީވާ ދަރަޖައަށް އުތުރި އަރާފަ އެހެން ނޫންތޯ.. ދެން ކިހިނެއްތޯ މި މައްސަލަ ހައްލު ކުރާނީ. އިނގްލިޝް ބާބޫ ބުނިހެން ދުނިޔެ ފަސާދަކޮއްލެވޭނީ ރާ ތައްޓަކާ އޮރިޔާމުން ހުރި އަންހެނެކޭ. އެއީ ތެދުފުޅެއް ނޫންތޯ؟

💔

ހެޔޮނުވާނެ އިސްލާމީ ޝަރީޢަތް ޤާޢިމްކޮށްބަލަ....

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345