މެންޗެސްޓާ ޔުނައިޓެޑް

ޔުނައިޓެޑް ދޫކޮށް ޔަންގް އިންޓައަށް

މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު އެޝްލީ ޔަންގަ އަށް އަހަރަށް ފަހު ޔުނައިޓެޑް ދޫކޮށް، އިންޓަ މިލާނަށް ބަދަލު ވެއްޖެ އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު ޔުނައިޓެޑްގެ ކެޕްޓަނަކަށް ހަމަޖެއްސި ޔަންގް އިންޓައަށް ބަދަލުވީ 1.5 މިލިއަން ޔޫރޯ އަށެވެ. އިންޓައިން އޭނާގެ ސޮއި ހޯދީ ސީޒަންގެ ބަކީ ބަޔަށެވެ. އެހެން ނަމަވެސް އެ ކުލަބުން ބޭނުންވެއްޖެނަމަ އިތުރު އެއް ސީޒަނަށް އޭނާ ކުލަބުގައި މަޑު ކުރުވުމުގެ އިހްތިޔާރު އެ ކުލަބަށް އެބައޮތެވެ.

އިންޓައަށް ޔަންގް ބަދަލުވީ އޭނާގެ ކޮންޓްރެކްޓްގައި ގާތްގަނޑަކަށް އެއް އަހަރު އޮއްވަ އެވެ. މިދިޔަ އަހަރު ޔުނައިޓެޑާއެކު ސޮއި ކުރި އާ އެއްބަސްވުމުގެ މުއްދަތު އޮތީ މި އަހަރުގެ ނިޔަލަށެވެ.

ވަޓްފޯޑުން ކެރިއާ ފެށި ޔަންގް ޔުނައިޓަޑަށް ބަދަލުވީ އެސްޓަންވިލާއަށް ހަތަރު އަހަރު ކުޅުމަށް ފަހު އެވެ. އެއީ 2011 ވަނަ އަހަރު އެވެ.