ރޭޕް

ފަސް އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި

Jan 18, 2020

ފަސް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި އުމުރުން ފަސް އަަހަރުގެ ކުއްޖަކަށް އުމުރުން 56 އަަހަރުގެ ދިވެހި ފިރިހެނެއް ޖިންސީ ގޯނާކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ހުށަހެޅި ކަމަށެވެ.

ފުލުހުންނާއި، ޖެންޑާގެ ޓީމެއް މިއަދު ވަނީ އެ ރަށައް ގޮސްފައެވެ. އަދި އެކުއްޖާގެ އާއިލާގެ ބަޔާންތަކެއް ވެސް ވަނީ ނަގާފަ އެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް 56 އަހަރުގެ އެ މީހާ ހައްޔަރު ކޮށްފައިވަނީ މިރޭގަ އެވެ. އަދި އޭނާ އެހެން ރަށަކަށް ގެންދަން ފުލުހުންގެ ލޯންޗަކަށް މިރޭ ވަނީ އަރުވާފަ އެވެ.

ފަސް އަަހަރުގެ ކުއްޖާގެ އިތުރުން އޭނާގެ ޖިންސީ ޝިކާރައަކަށް އެ ރަށުގެ އެހެން ކުއްޖަކު ވެސް ވެފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.