ހަބަރު

15 އެމްބިއުލާންސް ގެނެސްދޭނެ ބަޔަކު ހޯދަނީ

Jan 19, 2020
1

ބޭސިކް ލައިފް ސަޕޯޓް އެމްބިއުލާންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ހެލްތު މިނިސްޓްރީގެ އެދުމަށް ބޭސިކް ލައިފް ސަޕޯޓް އެމްބިއުލާންސްގެ 15 އެމްބިއުލާންސް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށެވެ.

ޝަރުތުހަމަވާ ފަރާތްތައް ހޯދުން ކުރިޔަށް ގެންދަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ ތެރެއިންނެވެ. ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ހިމަނާފައި ހުންނާނެ އެވެ.

ބީލަމުގައި ބައިވެރިވެވޭނީ 1500ރ. ގެ ނޮން - ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީ އެއް ދައްކައިގެންނެވެ. ފައިސާ ބަލައިގަންނާނީ މިއަދު ފެށިން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ. ބިޑްސެކިޔުރިޓީގެ ގޮތުގައި 50,000 ރުފިޔާ ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.