ކުޅިވަރު

ހާލޭންޑްގެ ފުރަތަމަ މެޗުގައިވެސް ހެޓްރިކް

އޮގްސްބާގް އާ ދެކޮޅަށް ބުރޫޝިއޯ ޑޯޓަމުންޑް ކުޅުނު މެޗުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ފުރަތަމަ މެޗުގައި އާލިންގް ހާލޭންޑް ހެޓްރިކް ހަދައިފި އެވެ.

ސަލްޒްބާގުން، މިފަހަރުގެ ޓްރާންސްފާގައި ޑޯޓަމުންޑަށް ބަދަލުވި ހާލޭންޑް ކުޅެން ނުކުތީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އޭރު އޮގްސްބާގުން ލީޑް ކުރަމުން ދިޔައީ 3-1 ންނެވެ. މެޗުގެ 58 ވަނަ މިނެޓްގައި ކުޅެން ނުކުމެ ހާލޭންޑް ވަނީ 23 މިނެޓް ތެރޭ ހެޓްރިކް ހަދައި 5-3 ން އޮގްސްބާގް ބަލި ކުރުމުގައި އެހީތެރި ވެދީފަ އެވެ.

ކުޅެން ނުކުތް ފުރަތަމަ މިނެޓްތެރޭ، ހާލޭންޑް ވަނީ ޑޯޓަމުންޑަށް ލަނޑު ކާމިޔާބު ކޯށްދީ މެޗުގެ ނަތީޖާގެ ފަރަގު ކުޑަ ކޮށްދީފަ އެވެ. ޑޯޓަމުންޑަށް ލީޑް ނަގައިދިނީ 61 ވަނަ މިނެޓްގައި ޖޯޑަން ސެންޗޯ ކާމިޔާބު ކުރި ލަނޑުންނެވެ. މެޗުގެ 70 ވަނަ މިނެޓްގައި ހާލޭންޑް ވަނީ އޭނާގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށް ޑޯޓަމުންޑަށް ލީޑް ނަގައި ދީފަ އެވެ. އޭގެ ނުވަ މިނެޓް ފަހުން އޭނާ ވަނީ ހެޓްރިކް ހަދާފަ އެވެ.

ޑޯޓަމުންޑްގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފު ފެށިގެން ހަތަރު ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޫލިއަން ބްރާންޓް އެވެ. ފުރަތަމަ ހާފުގައި އޮގްސްބާގުން ދެ ލަނޑު ކާމިޔާބު ކުރި އެވެ. އެ ލަނޑުތައް ކާމިޔާބު ކުރީ ފްލޯރިއަން ނީޑާލަކްނާ އާއި މާކޯ ރިކްޓާ އެވެ. އޮގްސްބާގް ތިން ވަނަ ލަނޑުވެސް ކާމިޔާބު ކުރީ ނީޑާލަކްނާ