ވިޔަފާރި

ޝާޕް ބްރޭންޑްގެ އާ އުފެއްދުންތަކެއް ރެޑްވޭވަށް

ދުނިޔޭގެ އެންމެ މަޝްހޫރު އިލެކްޓްރޯނިކްސް ބްރޭންޑް ޝާޕްގެ އާ ޕްރޮޑަކްޓްކް ތަކެއް ތައާރަފުކޮށްފި އެވެ.

ރެޑްވޭވުން ބުނީ ޝާޕްގެ ޑިސްޓްރިބިއުޓާޝިޕް އެ ކުންފުންޏަށް ލިބުމާއެކު، މިހާރު އަލަށް ތައާރަފު ކޮށްފައިވާ ރޭންޖުތަކުގެ ތެރޭގައި އިސްތިރި އާއި ވެކިއުމް ކްލީނާ އަދި ފެން ކައްކާ ޖަގުގެ އިތުރުން ރައިސް ކުކާ އާއި އައިސް އަލަމާރި ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހިމެނޭ އެހެން އުފެއްދުންތަކުގެ ތެރޭގައި ޝަވާ ހީޓާ އާއި ދޮންނަ މެޝިން، އަދި މިކްސަރުގެ އިތުރުން އަވަނާއި މައިކްރޯވޭވް އަވަން ހިމެނޭ ކަމަށެވެ.

ރެޑްވޭވް ލިވިން މޯލްގައި ވިއްކަން ހުރި އެހެން ބާވަތްތަކުގެ ތެރޭގައި އެއާ ޕިއުރިފަޔާ އާއި އެއާ ކޫލަރު ހިމެނޭ ކަމަށެވެ. މީގެ އިތުރުން ހޯމްތިއޭޓާގެ ފަސް ވައްތަރެއް ވެސް ހިމެނޭ ކަމަށެވެ.

ރެޑްވޭވުން މީގެ ކުރިން ވަނީ ޝާޕް ބްރޭންޑުގެ އޭސީ އާއި އައިސް އަލަމާރި އަދި ދޮންނަ މެޝިންގެ ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ.

ރެޑްވޭވުން ބުނީ މި އުފެއްދުންތަކުގެ ތެރެއިން އެންމެ ހާއްސަ ވަނީ ޖަޕާނުން ދުނިޔެ އަށް އިންގިލާބް ގެނެސްދީފައިވާ، "ޕްލާޒްމާކުލަސްޓާ އިއޯން ޓެކްނޮލޮޖީ" ހިމެނޭ ވައިސާފުކޮށްދޭ އެއާ ޕިއުރިފަޔާ އާއި އައިސް އަލަމާރި ކަމަށެވެ.

ރެޑްވޭވް އިން ބުނީ ޝާޕް ބްރޭންޑްގެ އައިޓަމްތައް ރެޑްވޭވުން ލިބޭނީ ސާވިސް ވޮރަންޓީއާ އެކުގައި ކަމަށާ ސާވިސް ފޯރުކޮށްދޭނީ ރެޑްވޭވްގެ ޓީމުން ކަމަށެވެ. ޝާޕްގެ މި ޕްރޮޑަކްޓްތަކަކީ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާޝިޕްގެ ދަށުން ހަމައެކަނި ރެޑްވޭވުން ވިއްކާ ހާއްސަ، އެކްސްކުލޫސިވް ރޭންޖު ތަކެއް ކަމަށް ރެޑްވޭވުން ބުނެ އެވެ.