ހަބަރު

ފޮރިން މިނިސްޓްރީގެ ޕީއެސް އަކަށް ޝިފާނާ

ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓްރީއަކަށް އައިމިނަތު ޝިފާނާ އައްޔަން ކޮށްފި އެވެ. އޭނާ އެ މަގާމަށް އައްޔަން ކުރީ މިއަދު އެވެ.

ޝިފާނާ މަގާމާ ހަވާލުވެ ވަޑައިގެންނެވި އިރު ޕީއެސް ނެތި އެ މިނިސްޓްރީ ހިނގާތާ ވަނީ ތިން މަހާއި ދުވަސްކޮޅެއް ވެފައި ވެއެވެ. އަދި ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވަނީ ކަން ބޮޑުވުމެއްގެ ގޮތުގައި އެކަން ފާހަގަ ވެސް ކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީގެ ޕީއެސްގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި، އާމިނަތު އަބްދުﷲ ދީދީ އިންޑިއާގެ ޓްރިވެންޑްރަމްގެ ކޮންސުލް ޖެނެރަލަކަށް އައްޔަން ކުރެއްވުމުން ނެވެ.

ޝިފާނާ ވަނީ މީގެ ކުރިން 11 އަހަރު ވަންދެން ފޮރިން މިނިސްޓްރީގައި މަސައްކަތް ކުރައްވާފަ އެވެ. އެންމެ ފަހުން އޭނާ ހުންނެވީ ޖެންޑާ މިނިސްޓްރީގެ ޕީއެސްކަމުގެ މަގާމުގަ އެވެ.