ދިވެހި ސިނަމާ

ސީޒަންއާ ވާހަކަ ދައްކާ ކުދިން ސަމާލުވާތި!

ފިލްމީ ތަރި އަލީ ސީޒަންއަކީ ފިލްމީ ދާއިރާގައި ހިނގާ އެއް ނަމެވެ. ފިލްމީ ތަރިންގެ ތެރެއިން އެންމެ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ތަރިއެވެ. ހާއްސަކޮށް އަންހެނުން ކުދިންގެ މެދުގައި އެންމެ މަގްބޫލް ފިލްމީ ތަރިއަކީ އަލީ ސީޒަންއޭ ބުނުމަކީ ވެސް ދޮގަކަށް ނުވާނެއެވެ. އަދި ފިލްމީ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ފަންނާނުންގެ ތެރެއިން ބައެއް ފަހަރު އެންމެ ގިނަ ބަޔަކު ދިމާކުރާ އެއް ފަންނާނަކީ ވެސް ސީޒަން އެވެ.

ސީޒަންގެ ތަފާތު ވީޑިއޯ ކޮޅުތައް ސޯޝަލް މީޑިއާއަށް ދޫކޮށް، އެ ވީޑިއޯތައް "އެންޖޯއީ" ކުރަމުންދާ މީހުންގެ އަދަދު މަދެއްވެސް ނޫނެވެ.

އަނެއްކާވެސް މި އޮތީ ސީޒަންގެ ހަބަރެވެ. މިފަހަރު ސީޒަން އެދެނީ އޭނާއާއި ފޭސްބްކް އަދި އިންސްޓަގްރާމް އިން ވާހަކަ ދައްކާ ކުދިން ސަމާލުވާށެވެ.

ނިއުމާގެ އާ ފިލްމް "ކަޅަކި" ގެ ޝޫޓިންއަށް ސްރީ ލަންކާގައި ހުރި ސީޒަން ބުނި ގޮތުގައި އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައް ވަނީ ހެކްކޮށްފައ އެވެ. ސީޒަން ބުނާ ގޮތުން ފުރަތަމަ ހެކް ކުރީ އޭނާގެ ފޭސްބްކް އެކައުންޓެވެ. އޭގެ ފަހުން އޭނާގެ ދެ ފިލްމު ކަމަށްވާ "އަހްޝަމް" އަދި "އަނދިރިކަން" ފިލްމުގެ ފޭސްބްކް ޕޭޖް ވެސް ވަނީ ހެކް ކޮށްފަ އެވެ.

އަދި ފަހުން ސީޒަންގެ އިންސްޓަގްރާމް އެކައުންޓް ވެސް މިހާރު ވަނީ ހެކްކޮށްފަ އެވެ. އެހެން ކަމުން މިވަގުތު ސޯޝަލް މީޑިއާގެ އެއްވެސް ވަސީލަތެއް ބޭނުން ކުރަމުން ނުދާ ކަމަށް ސީޒަން ބުނެފައި ވެއެވެ.

ސީޒަން ބުނާ ގޮތުން ހެކްކޮށްފައިވާ އޭނަގެ އެކައުންޓްތަކުން ވާހަކަ ދެއްކި ނަމަވެސް އެ ވާހަކަތަކަށް ޖަވާބު ނުދިނުމަށް އޭނާ އެދެ އެވެ.