ފިނިޕޭޖް

"ކައުޝީ" ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފި

އަލީ ސީޒަންގެ ސިންހަޅަ ފިލްމް "ކަައުޝީ" ގެ އޮފިޝަލް ޕޯސްޓަރު ދައްކާލައިފި އެވެ.

ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގައި ފެނިގެން ދާނީ ލަންކާގެ ތަރިންނެވެ. ފިލްމުގެ އޮފިޝަލް ޕޯސްޓަރު އާންމުކޮށް ސީޒަން ބުނީ ވަރަށް އަވަހަށް ފިލްމު ރިލީޒް ކުރާނެ ތާރީހު އިއުލާނު ކުރާނެ ކަމަށެވެ. ފިލްމުގެ މަސައްކަތް މުޅިހެން އޮތީ ނިމިފަ އެވެ.

"ކަައުޝީ" ގެ ނަމުގައި ސީޒަން ސިންހަޅަ ފިލްމެއް އުފައްދާފައިވާއިރު ސީޒަން މީގެ ކުރިން ވެސް ވަނީ ލަންކާގެ ތަރިންނާއެކު މަަސައްކަތް ކޮށްފަ އެވެ. އަދި ފިލްމީ ބައެއް އުފެއްދުންތައް އުފައްދާފަ އެވެ. މަޝްހޫރު ލަވަ ކިޔުންތެރިޔާ އަބްދުއްހަނާން މޫސާ ދީދީ ކިޔާފައިވާ ސިންހަޅަ ބައެއް ލަވަތަކުގެ ވީޑިއޯ ވެސް ސީޒަން އުފައްދާފައި ވެއެވެ.

ސީޒަން ބުނި ގޮތުގައި "ކައުޝީ" ގެ ދިވެހި ވާޝަންއެއް ވެސް ސްކްރީނަށް ގެންނާނެ އެވެ. ނަމަވެސް ތާރީހެއް ކަނޑައެޅޭނީ ސިންހަޅަ ފިލްމު ރިލީޒް ކުުރުމުގެ ކަންކަން ނިމުމުންނެވެ.

"ކައުޝީ" ގެ އިތުުރުން ބައެއް އެހެން ޕްރޮޖެކްޓްތަކުގެ މަސައްކަތް ވެސް ސީޒަންގެ "އެސް ޕްރޮޑަކްޝަންސް" އިން ކުރިއަށް ގެންދިޔަ އެވެ. އެ ގޮތުން "ލޯބިވެވިއްޖެ" ނަމުގައި ސީޒަން ވަނީ ފިލްމެއް އުފައްދާފަ އެވެ. މި އަހަރު ސްކްރީން ކުރުމަށް ކުރިން ހަމަޖެއްސި ފިލްމު މިހާރު ސްކްރީނަށް ގެނެވޭނީ އަންނަ އަހަރު އެވެ. ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން މި އަހަރު ރިލީޒް ކުރަން ހަމަޖެއްސި ވަރަށް ގިނަ ފިލްމްތައް އަންނަ އަހަރަށް ވަނީ ފަސްކޮށްފަ އެވެ. ސީޒަންގެ "އަނދިރިކަން" ދައްކަން ފެށުމަށްފަހު ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސިނަމާގައި ދެއްކުން ހުއްޓާލީ އެވެ.