ވިޔަފާރި

ޗައިނާ ސީފުޑް އެކްސްޕޯގައި ރާއްޖެ ބައިވެރިވެއްޖެ

Aug 30, 2015

ޗައިނާ އިންޓަނޭޝަނަލް ސީފުޑް އެކްސްޕޯ، ޗައިނާގެ ގުއަންޖޫގައި މިއަދު ފަށައިފި އެވެ.

ޗައިނާގެ ގުއަންޖޫގައި މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރިއަށް ދިޔަ މި އެކްސްޕޯގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ މަހުގެ އުފެއްދުންތައް ޕްރޮމޯޓް ކުރަން ބެހެއްޓި އެވެ.

މި އެކްސްޕޯގައި ރާއްޖޭން ބައިވެރިވެފައިވަނީ ފިޝަރީޒް މިނިސްޓްރީ އާއި މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑާއި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ސަރުކާރާއި އަމިއްލަ ކުންފުނިތައް ހިމެނެ އެވެ. މިގޮތުން ރާއްޖޭގެ ފަރާތުން މޯލްޑިވްސް ފިޝަރީޒް ޕްރޮމޯޝަން ބޯޑުގެ އިތުރުން ބައިވެރިވީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ ) ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް، އެންސިސް ފިޝަރީޒާއި މޯލްޑިވްސް މެރައިން ފްޑްސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ސީޕްރިއާ މެރިން ފްޑްސް ކުންފުނިންވެސް ބައިވެރިވެފައިވެ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މިފަދަ އެކްސްޕޯތަކުގައި ރާއްޖެ ބައިވެރިވުމުން ރާއްޖޭގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓްކުރުމުގެ ފުރުސަތު ތަނަވަސްވެގެން ދާ ކަމަށާއި، ދިވެހި މަސްވެރިން ބާނާ މަހަށް އެ ވަގުތަކު ދުނިޔޭގެ ބާޒާރުގައި ހުރި އަގު ހޯދައި ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލްކުރުމަށް ބާރަކަށްވާ ކަމަށެވެ.