ހަބަރު

ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ބަލަނީ

Jan 23, 2020

ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ބަލައި ތަހުގީގު ކޮމިޓީ އެކުލަވާލަން ނިންމާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ބުނެފި އެވެ.

ގާޒީ އިބްރާހިމް އަލީގެ މައްސަލައެއް ބަލަން ނިންމާފައިވީ ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ނުބުނެ އެވެ. ގާޒީ އިބްރާހިމް އަލީއަކީ ބޮޑެތި ޝަރީއަތްތަކެއް ބެއްލެވި ގާޒީއެކެވެ.

ކުރިމިނަލް ކޯޓުގެ އެހެން ގާޒީންތަކެއްގެ މައްސަލަ ވެސް ޖޭއެސްސީއިން ދަނީ ބަލަމުންނެވެ.