ހަބަރު

އިންޑިއާއިން 30 ހާސް ޑޯޒްގެ ވެކްސިން ފޮނުވައިފި

Jan 23, 2020
1

ހިމަބިހީގެ ވެކްސިންއަށް ރާއްޖެއިން އެދުނުތާ 72 ގަޑިއިރު ތެރޭ އިންޑިއާއިން 30 ހާސް ޑޯޒްގެ ވެކްސިން ފޮނުވައިފި އެވެ.

ހިމިބިހި (މީސަލްސް)އިން ދިފާއުވުމަށް ބޭނުންވާ ވެކްސިންގެ 30 ހާސް ޑޯޒް ދާދި ދެންމެ އިންޑިއާއިން ރާއްޖެއަށް ގެނެސްފަ އެވެ. އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ފޯރުކޮށްދިން ވެކްސިން ޑޯޒްތައް ރާއްޖެއަށް ގެނެސްފައި މިވަނީ ރާއްޖެއިން ވެކްސިން ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގައި އެދުނުތާ 72 ގަޑިއިރު ތެރޭގައެވެ.

ރާއްޖޭން ނައްތާލާފައިވާ ހިމަބިހި ފެތުރެން ފަށާފައިވާއިރު، މިހާތަނަށް ޓެސްޓު ކުރި 70 އަށް ވުރެ ގިނަ މީހުންގެ ތެރެއިން ޕޮސިޓިވް ވެފައި ވަނީ ހަތަރު މީހުންނެވެ.

ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެފައިވަނީ، ރާއްޖޭގައި ނައްތާލާފައިވާ ހިމަބިހި ފެތުރެމުންދާއިރު، ބަލި ޖެހިގެން ރިޕޯޓު ކުރި ސަރަހައްދުގެ ތެރެއިން 3100 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.