ހަބަރު

ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލު ކޮށްފި

ތ. ތިމަރަފުށީގައި 100 ހައުސިން ޔުނިޓް އެޅުމަށް ބަޔަކާ ހަވާލު ކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިކަމަށްޓަކަައި ބޭއްވި ރަސްމިއްޔާތެއްގައި މި 100 ހައުސިން ޔުނިޓް ޑިޒައިންކޮށް އިމާރާތްކުރުމަށް ހަވާލު ކޮށްފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ޕވޓލޓޑ އާއެވެ.

މިނިސްޓްރީގެ ފަރާތުން މިއެއްބަސްވުމުގައި ސޮއެ ކުރެއްވީ ޑެޕއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފް އެވެ. އަދި އެސްޖޭ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއެ ކުރެއްވީ އެކުންފުނީގެ ޑިރެކްޓަރު ޝިހާދު އިބްރާހިމް އެވެ.

ހައުސިން މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން އެއްބުރީގެ 100 ހައުސިން ޔުނިޓު އިމާރާތް ކުރާނެ ކަމަށާއި ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި ތިންފާހާނައާއި ބަދިގެއާއސިޓިން ރޫމްގެ އިތުރުން ލޯންޑްރީ ބައެއްވެސް ހިމެނޭނެ ކަމަށެވެ.

މި މަޝްރޫއު އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލު ކޮށްފައިވަނީ 71.5 މިލިއަން ރުފިޔާއަށް ޖުމްލަ 364 ދުވަސްތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.