އައިޝްވާރިޔާ ރާއީ

ނޯޓީ ބިނޯދިނީގެ ބައޮޕިކްގެ ބަތަލާއަކަށް އައިޝްވަރިޔާ

އައިޝްވަރިޔާ ރާއީ ބައްޗަން ކުޅޭ އާ ފިލްމަކަށް އޭނާ ފެހި ސިގްނަލް ދީފި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފި އެވެ. އެއީ ޑައިރެކްޓަރު ޕްރަދީޕް ސަރްކާރް އަލަށް ފަށަން އުޅޭ ފިލްމެކެވެ.

މި ފިލްމު ބިނާކޮށްފައިވަނީ ބިނޯދިނީ ދާސް ކިޔާ ހަށިވިއްކާ ބަތަލާއެއްގެ ހަޔާތުގެ މައްޗަށެވެ. ބިނޯދިނީ މަޝްހޫރުވެފައި ވަނީ ނޯޓީ ބިނޯދިނީގެ ނަމުންނެވެ. އޭނާގެ ހަޔާތުގެ ވާހަކައަކީ ވަރަށް ގިނަ ބަޔަކަށް ކަމުދާނެ ފަދަ ކަންތައްތަކެއް ހިނގާފައިވާ ވާހަކައަކަށް ވާތީ ބޮޑު ސްކްރީނުން މި ވާހަކަ ބަލާލަން ގިނަ ބަޔަކު ޝައުގުވެރިވާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

"ޕަރިނީތާ" އާއި "މަރްދާނީ" ފަދަ ފިލްމުތައް އުފައްދާފައިވާ ޕްރަދީޕް ސަރްކާރް ބުނި ގޮތުގައި އޭނާ އެ ބައޮޕިކް އުފައްދަން ޚިޔާލު ކުރަން ފެށީއްސުރެ ވެސް އޭނާ ބޭނުންވީ ބިނޯދިނީގެ ރޯލަށް އައިޝްވަރިޔާ އެވެ. އަދި މީގެ މަސްތަކެއް ކުރިން އޭނާ ވަނީ މި ފިލްމު އައިޝްވަރިޔާއަށް ހުށަހަޅާފަ އެވެ. ފުރަތަމަ ނެރޭޝަން އަށް ފަހު ވެސް އައިޝްވަރިޔާ މި ފިލްމާ ވަރަށް ގަޔާވި ކަމަށާއި ފިލްމު ކުޅެދޭން އެއްބަސް ވެފައިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

ނަވާރަ ވަނަ ގަރުނުގައި އުޅުނު ބިނޯދިނީ އަކީ ޕްރޮޑީއުސަރަކަށް ވުމުގެ ހުވަފެން ވެސް ދުށް މީހެއް ކަމަށާއި އޭނާގެ އަމާޒަށް ވާސިލުވުމަށް އޭނާ ކުރި ކަންތައްތަކަކީ ވަރަށް ޝައުގުވެރިވާ ކަހަލަ ކަންތައްތަކެއް ކަމަށާއި ގިނަ ބަޔަކު އޭނާއަށް ވަރަށް ބޮޑެތި ލަނޑުތައް ވެސް ދިފައިވާ ކަމަށް ޑައިރެކްޓަރު ބުންޏެވެ.

"އެހެންވީމާ ބިނޯދިނީގެ ވާހަކައަކީ ވަރަށް ރީތި ފިލްމަކަށް ހެދިދާނެ ވާހަކައެއް ކަމަށް އަހަންނަށް ގަބޫލު ކުރެވޭ،" ޕްރަދީޕް ބުންޏެވެ.