ހަސަން ލަތީފް

ސަރުކާރުގެ ސިޔާސަތައް އަމަލު ނުކުރެވޭނަމަ އިސްތިއުފާދީ: ހަސަން ލަތީފް

Jan 25, 2020
1

ސަރުކާރުގެ ސިޔާސަތާ އެއްގޮތައް މަސައްކަތް ނުކުރެވޭނަމަ އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ޗެއާ ޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ގޮވާލައްވައިފި އެވެ.

އަންހެން ކުދިން ހިތާނަ ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި ހަބަރެއް ރީޓުވީޓް ކުރައްވަމުން ހަސަން ލަތީފު މިއަދު ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް ޒިިންމާދާރު ކަމާއެކީގައި ވަޒީފާ އަދާ ނުކުރެވޭ ނަމަ އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. ސަރުކަރުގެ ސިޔާސަތާ އެއްގޮތައް މަސައްކަތް ކުރަން އެނގޭ ބައިވަރު މީހުން އެބަތިބި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ހެލްތް ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީގައި އެދުނެވެ.

އަދި އިސްލާމިކް މިނިސްޓްރީން އެ މައްސަލަ ފިގުހު އެކެޑަމީއަށް ފޮނުވަން ނިންމާފައިވަނިކޮށް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވި އެވެ. އެއާއެކު ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ވިދާޅުވެ މިނިސްޓަރު އަމީން ވަނީ އެ ސިޓީ ބާތިލުކޮށްފަ އެވެ.