ޖަންގް ލީ ޖޮންގް

ޗައިނާ އެމްބެސަޑަރުގެ އާއިލާ އުއްޗުއާއެކު އާ އަހަރު ފާހަގަކޮށްފި

Jan 26, 2020
5

ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖްންގް ލީ ޖޮންގްގެ ދެމަފިރިކަނބަލުންނާއި ދަރިކަލުން، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއެކު އޭނާގެ އަގު ބޮޑު ރިސޯޓް، ޅ. ހުރަވަޅީގައި ޗައިނީޒް ނިއު އިޔާ ފާހަގަ ކުރައްވައިފި އެވެ.

ސަފީރުގެ ދެކަނބަލުންނާއި ދަރިކަލުންނާ އަދި އެމްބަސީގެ ޕޮލިޓިކަލް އެފެއާޒް ސެކްރެެޓަރީ ވެސް މި ކުރު ޗުއްޓީގައި އުއްޗުއާއެކު ބައިވެރިވެ ވަޑައިގެންނެވި އެވެ.

އުއްޗުއާ ގާތް ގުޅުމެއް އޮންނަ އަރިސް ބޭފުޅަކު މިއަދު ވިދާޅުވީ އެމްބެސަޑަރާއި އާއިލާ އުއްޗުއާއެކު ހުރަވަޅީގައި ޗުއްޓީ ހޭދަ ކުރެއްވީ އިއްޔެ އެވެ. އަދި އެ އާއިލާ އާއި ޕޮލިޓިކަލް އެފާއާޒް ސެކެރެޓަރީ ހުރަވަޅިއަށް ވަޑައިގަތީ އުއްޗު ދެއްވެވި ދައުވަތަކަށެވެ. ކުރު ޗުއްޓީގައި ހުރަވަޅީގެ ކަނޑު އަޑީގެ ރެސްޓޯރެންޓްގައި ވަގުތު ހޭދަ ކުރައްވާ އުއްޗުގެ ހަޔާތްޕުޅުގެ މައުލޫމާތުތައް އުއްޗުގެ އަރިހުން ހޯއްދެވި އެވެ.

އެ ރިސޯޓްގަައި ޗުއްޓީ ހޭދަ ކުރެއްވި ނަމަވެސް އުއްޗު އާއި އެމްބެސެޑަރުގެ ރަސްމީ ބައްދަލުވުމެއް އިއްޔެ އުއްޗުގެ އެހެން ރިސޯޓެއް ކަމަށްވާ ޅ. ކުޑަދޫ ރިސޯޓްގައި ވެސް ބޭއްވެވި އެވެ.

ކުޑަދޫގައި ބޭއްވެވި ދެބޭފުޅުންގެ އެ ބައްދަލު ކޮށްލެވުމުގައި ޗައިނާގައި މިހާރު ފެތުރެމުންދާ ކޮރޯނާވައިރަސްއާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ރާއްޖެ އަންނަ ޗައިނާގެ ފަތުރުވެރިންގެ ރައްކަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތަފުސީލްތައް އުއްޗުއަށް ދެއްވި އެވެ. އަދި ރާއްޖޭގެ ޓޫރިޒަމްގެ ތަރައްގީ އަށާއި އުމްރާނީ ތަރައްގީގައި ޗައިނާއިން ކުރިޔަށް ގެންދާ މަޝްރޫއުތަކާބެހޭ މައުލޫމާތު ވެސް ދެއްވި އެވެ.